ޚަބަރު

ކަނޑިންމައިން ނިޔާވި މީހާގެ މައްސަލަ ފުލުހަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ފައްސިވެގެން، ނިޔާވި މީހާގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

Ads by STELCO

މިމައްސަލަ ފުލުހަށް ހުށަހެޅީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުންނެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ކަނޑިންމަ ރިސޯޓްގެ މުވައްޒިފެއް ކޮވިޑްގައި މަރުވުމުން އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށާއި އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް މިހިނގާ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އެޗްޕީއޭގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ.

އެ ޓީމުން ވަނީ އެ ހާދިސާ ހިނގާދިޔަ ގޮތް އަދި އެކަމާއި ގުޅިގެން ރިސޯޓުން އަޅާފައިވާ ފިޔަވަޅުތައް ބަލާފައި ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 60 އަހަރުގެ އާދަމް ނަސީރު ކިޔާ މީހެކެވެ

ނިޔާވި މީހާއަށް ފަރުވާ ދިނުން ލަސްވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!