ޚަބަރު

ކިޔުންތެރީންގެ މެދުގައި ފަސްވަނައަށް އެންމެ މަގުބޫލު ނޫހަކަށް "ދެން"

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ރާއްޖޭގެ ކިޔުންތެރީންގެ މެދުގައި ފަސްވަނައަށް އެންމެ މަގުބޫލް ނޫހަކަށް "ދެން" ހޮވިއްޖެއެވެ.

Ads by Sosun Fihaara

ވެބްސަައިޓްތައް ރޭންކް ކުރާ ސައިޓެއް ކަމަށްވާ ސިމިލަރވެބްސްއިން އާންމު ކުރި މިދިޔަ މަހުގެ ރޭންކިންއަށް އަށް ބަލާއިރު މިދިޔަ މަހު ހަވަނައިގައި އޮތް "ދެން" އަށް ވަނީ އޮންލައިން ނޫސްތަކަށް ބަލާއިރު އެއް ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. އަދި ހުރިހާ ވެބްސައިޓްތަކަށް ބަލާއިރު ފަސް ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ.

ރާއްޖޭގެ ކިޔުންތެރީންގެ މެދުގައި އެންމެ މަގުބޫލު ނޫހަކީ އެތައް މަހެއް ވަންދެން އެ މަގާމު ދަމަހައްޓަމުން އަންނަ "ވަގުތު" އެވެ. ދެވަނަ ނޫހަކަށް "މިހާރު" ހޮވިފައިވާއިރު ތިންވަނަ ނޫހަކީ "ސަން" އެވެ. އަދި ހަތަރު ވަނައަކީ "އަވަސް"އެވެ.

ރާއްޖޭގެ ހަވަނަ ނޫހަކަށް "މިއަދު" ހިމެނޭއިރު ، އޮންލައިން އެހެން އެއްވެސް ނޫހެއް ރާއްޖޭގެ އެންމެ މަގުބޫލު 50 ވެބްސައިޓް ތެރޭގައި ވެސް ހިމެނިފައެއް ނުވެއެވެ.

"ދެން"ގެ އުއްމީދަަކީ ކިޔުންތެރީންގެ މެދުގައި މި ނޫހުގެ މަގުބޫލުކަން އިތުރު ކުރުމެވެ. "ދެން" ކިޔުންތެރިންނާ ހަމަޔަށް އައިސްފައި ވަނީ މިއަހަރުގެ ޖެނުއަރީގައެވެ.

Ads by HDC
  1. އަޙްމަދު

    ހަމަ އަސްލުވެސް، “ދެން” ވަރެއް ހަމަ ނެތް. ވަރަށް ތާޒާކޮށް ޚަބަރުތައް ގެނެސްދޭކަން ފާހަގަކުރެވޭ. ވަރަށްވެސް ތަފާތު ލިޔުންތައް ގެނެސްދޭ. ކާމިޔާބީއައިގެން ކުރިޔަށްދޭ!

    • ޚަބަރު ކިޔާ މީހާ

      އަސްލުވެސް، ދެން ހަމަ އެއްވަނަ

  2. ރައުދާ ފާތިމަތު

    ބޭރުގެ އަދި ރާއްޖޭގެ ޚަބަރުތައް ވަރަށް ތާޒާކޮށްލިބޭ، ދެން އަށް ކުރިއެރުމާއި ކާމިޔާބީއަށް އެދެން

  3. ކޮންމެސް މީހެއް

    އަހަރެން ވަރަށް ފަހުން ދުށް ނޫހެއް މިއީ. އެކަމަކު މުޅި ނިއުސްފީޑްގައި އޮންނަނީ ހުސް ތި މީހުންގެ ޚަބަރު. ހަބޭސް އޭ ބުނެވޭނީ ހަމަ.

  4. ލިޔާ ކުއްޖާ

    ވަރަށް ޒުވާން ލިޔުން ތެރިން އުޅޭ ނޫހެއްކަން ފާހަގަވޭ! ވަރަށް ބޭނުން ދެންއަށް ލިޔެދެން.