ދުނިޔެ

މާސްކް ނާޅަން ގޮވާލަމުން އައި ޑޮނާލްޑް ޓްރަމްޕްގެ ޗީފް އޮފް ސްޓާފްސް ކޮވިޑް-19އަށް ފައްސި ވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވައިޓްހައުސް ޗީފް އޮފް ސްޓާފްސް މާކް މެޑޯވްސް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by WAMCO

ރޭ ދަންދަރުގެ ވަގުތެއްގައި ޓްރަންޕްގެ ޗީފް އޮފް ސްޓާފްސް ކޮވިޑަށް ފައްސި ވެފައިވާ ކަމަށް ކަށަވަރު ވެފައިވާ ކަމަށް "ބްލޫމްބާގް" އިން ރިޕޯޓް ކޮށްފަ އިވެއެވެ. ނަމަވެސް ކޮވިޑް-19 އަށް ފައްސި ވެފައި ވަނީ ކޮން ދުވަހަކު ކަމެއް ސާފު ނުވާ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

އުމުރުން 61 އަހަރުގެ މާކް މެޑޯވްސް ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، އިއްޔެ އެމެރިކާއިން ރިކޯޑްއަދަކަށް މީހުން ކޮޮވިޑަށް ވަނީ ފައްސި ވެފައެވެ. މިގޮތުން މިބައްޔަށް އިއްޔެ އެކަނި ޖުމްލަ 125،000 އަށްވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.

"ސީއެންއެން" އިން ރިޕޯޓްކުރާ ގޮތުގައި މިިދިޔަ ބުރާސްފަތި ދުވަހު މާކް މެޑޯވްސް ވަނީ ވައިޓް ހައުސްގައި މަސައްކަތް ކޮށްފައެވެ. އަދި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވައިޓް ހައުސްގައި ބޭއްވި ޕާޓީއެއްގައި ވެސް މާކް މެޑޯވްސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ޕާޓީގައި ގިނަ އަދަކަށް މާސްކް ނާޅާ ތިބި ސްޓާފުން ބައިވެރިވިއެވެ.

މާކް މެޑޯވްސް ކޮވިޑަށް ފައްސިވެފައިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ވަނީ ދާދިފަހުން ކޮވިޑް-19 އަށް ފައްސި ވެފައެވެ. މިއާއެކު ދެވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑައެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބާއެކު، ގިނަ ބައެއްގެ ސަމާލުކަން އެޤައުމަށް ވަނީ ހުއްޓިފައެވެ. ވޯޓް ގުނުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ކޮވިޑް-19އަށް އެމެރިކާ ތައްޔާރަށް ނެތުން ވެގެން ގޮސްފައި ވަނީ، މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެނޑެޑޭޓް ޓްރަންޕަަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށް ވެފައެވެ.

އެމެރިކާގެ އިންތިޚާބުގެ އެންމެ ފަހުގެ އަދާހަމަ ހޯއްދެވުމަށް ފިއްތަވާލައްވާ!

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!