ފިޗް ފަދަ ބައިނަލް އަގްވާމީ އިންޑިކޭޓަރުންގެ ކްރެޑިޓް ރޭޓިން ބަލައިގަނެ އޭގެ އަޑު އަހަން ވާާނެ:ނަޝީދު

ފިޗް ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރުން ދޭ ރޭޓުގެ އަޑު އަހަން ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗް ފަދަ ބައިނަލް އަގްވާމީ އިންޑިކޭޓަރުންގެ ކްރެޑިޓް ރޭޓިން ބަލައިގަނެ އޭގެ އަޑު ވެސް އަހަން ވާނެ ކަމަށާއި މިހާރު ރާއްޖޭގެ ޓޫރިޒަމް ވެސް ކުރިއަރަމުން ދިޔުމާއި ގުޅިގެން ޗައިނާގެ ކޮމާޝަލް ބޭންކްތަކަށް ދައްކަން ޖެހޭ ދަރަނި މުރާޖައާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރަށް ދަރަނި މެނޭޖް ކުރެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ފިޗްގެ ރޭޓިން ގަބޫލު ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއްޔެ ހާމަކޮށްފައެވެ. އަދި މިހާރު ވެސް ސަރުކާރުން ދަނީ ބަރާބަރަށް ދަރަނި ދައްކަމުން ކަމަށާއި ސަރުކާރުގެ ފަހުގެ ސިޔާސަތުތަކުގެ ސަބަބުން ޓޫރިޒަމް ރަނގަޅުވެ އިގްތިސާދު ކުރިއަރާނެ ކަމަށް ވެސް ފިނޭންސުން ފާހަގަ ކުރިއެވެ.