ޚަބަރު

ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމަށްފަހު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރަޝިއާއިން މިހާތަނަށް ޖުމްލަ 9،519 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި އިނގިރޭސިވިލާތުން މި މުއްދަތުގައި ރާއްޖެއަށް 3817 ފަތުރުވެރިއަކު ވަނީ ޒިޔާރަތްކޮށްފައެވެ.

ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އެކުވެރި އަރަބި އިމާރާތުންނެވެ. އެގައުމުން 3683 ފަތުރުވެރިއަކު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން ވެސް އެމެރިކާ، އިންޑިއާ، ޖާރމަނީ، ފްރާންސް، ޔުކްރެއިން، ސްޕެއިން އަދި ބްރެޒިލް އިން ވެސް ވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ޖުމްލަ  43،609 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޮކްޓޯބަރު މަހު އެކަނި ރާއްޖެއަށް ވަނީ 21،515 ރާއްޖެ އައިސްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!