ޚަބަރު

މާލެ ރައްޔިތުން ދެެން ފެނަކަށް ނުޖެހޭނެ- އެމްޑަބްލިޔުއެސްސީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލެ ރައްޔިތުން މީގެ ކުރިން ފެނަށް ޖެހިފައި ވީނަމަވެސް ދެން ފެނަށް ނުޖެހޭނެ ކަމަށާއި ފެނުގެ ކާރިސާއެއް ކުރިމަތިނުވާނެ ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

Ads by STELCO

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝާހު ވިދާޅުވީ މިހާރު މާލޭގައި އިތުރު ދެ ތަނަކުން ފެން އުފައްދާ ރިޒާވު ކުރެވޭނެ ގޮތެއް ހަމަޖައްސާފައި ވާނެ ކަމަށެވެ. މީގެ ކުރިން މާލޭގައި ފެނުގެ ރިޒާވު ހުންނަނީ އެންމެ ދުވަހަކަށް ވާވަރަށް ކަމަށާއި މިހާރު ފެނުގެ ރިޒާވް ބޮޑުތަނުން އިތުރުކުރެވިފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަލަށް ފެން އުފައްދާ ރިޒާވު ކުރެވޭނެ ގޮތް ހަމަޖައްސާފައި ވަނީ ހަވީރީ ހިނގުމުގައާއި ކަލާފާނު ސަރަހައްދުގައި ހުންނަ ޕްލާންޓްތައް ބޭނުން ކުރެވިގެންނެވެ،

މީގެ އިތުރު ޝާހު ވިދާޅުވީ ކަލާފާނު ސަރަހައްދުގައި ހުންނަ ރިޒާވާއި ހުޅުމާލެގެ ފެނުގެ ވިއުގައާ ގުޅާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު މި މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

2014 ގައި އެމްޑަބްލިއުއެސްސީ ފެން ޕްލާންޓްތަކަށް ކަރަންޓް ދޭން ބޭނުންކުރާ ޕެނަލެއްގައި ރޯވެ، މާލެ ފެނަށް ޖެހި ބޮޑު ކާރިސާއެއް ކުރިމަތިވިއެވެ. ނަމަވެސް އެކަންތައް ގިނަ ދުވަސްތަކެއް ނުވެ ސަރުކާރުން ވަނީ ހައްލު ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!