ޚަބަރު

ކޮވިޑް-19: ހުރައިން ރޭންޑަމް ސާމްޕަލް ނަގަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސި ވުމާ ގުޅިގެން ކ. ހުރައިން ރޭންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.

Ads by MWSC

އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ހުރާ ކައުންސިލުގެ ރައީސް އީސާ އަހުމަދު ވިދާޅުވީ އުމުރުން 46 އަހަރުގެ ރަޝިއާގެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު އޭނާ ވަނީ ރަށުގެ ގިނަ ފިހާރަތަކާއި ރެސްޓޯރަންޓްތަކަށް ވެސް ގޮސްފައި ކަމަށެވެ. އެހެން ކަމުން، މާދަމާ 28 ރެންޑަމް ސާމްޕަލެއް ނަގަން ނިންމާފައިވާ ކަމަށް ވެސް އީސަ ވިދާޅުވެފައި ވެއެވެ.

ކޮވިޑަށް ފައްސިވީ އެފަތުރުވެރިޔާއަކީ ޢާއިލާއާއެކު އެރަށަށް ޗުއްޓީ ހޭދަކުރަން ދިޔަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އަނބިމީހާ އާއި ދެ ދަރިންނާއެކު އެރަށަށް ގޮސްފައިވާއިރު ކޮވިޑަށް ފައްސި ވެފައިވަނީ އެފިރިހެން މީހާ އެކަންޏެވެ.

އީސަ ވިދާޅުވީ ފައްސިވީ މީހާއާއި ބައްދަލުވި އެންމެން ވެސް މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށާއި އަދި އެމީހާ ވެސް ހުރީ ގެސްޓްހައުސެއްގައި އެކަހެރި ކޮށްފައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!