ތަކަންދުއަށް ލެއްގި ބޮޑު މަހެއް ނައްތާލުމުގެ މަސައްކަތް ކުރަނީ

ހއ. ތަކަންދުއަށް ލެއްގި ބޮޑު މަހެއް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް 20 ވަރަކަށް ފޫޓު ހުރި އެމަސް އެރަށަށް ލެއްގީ މިއަދު ހެނދުނުއެވެ. ލެއްގިއިރު ވެސް އޭތި އޮތީ މަރުވެ ކުނި ވެފައެވެ.
އެމްއެންޑީއެފް އިން ބުނީ ތަކަންދުއަށް މިއަދު ލެއްގި ބޮޑުމަސް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް ނަދަން އޭރިއާގެ ސިފައިންނާއި ތަކަންދޫ ކައުންސިލް ގުޅިގެން ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުން މަދުން ނަމަވެސް ބޮޑުމަސް ފެންނައިރު، ބޮޑުމަސް މަރުވެގެން ރަށްރަށުގެ ގޮނޑުދޮށަށް ލައްގައެވެ. ނޫނީ މަރުވެގެން ކަނޑުން މައްޗަށް އަރާފައި އޮއްވާ ފެނެއެވެ.