ޚަބަރު

އެމްބިއުލާންސް ޑްރައިވަރާއި އީއާރުގައި ތިބި ފަރާތްތައް އައިސޮލޭޝަނަކަށް ނުދޭ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

އިއްޔެ ކޮވިޑް ޖެހިގެން މަރުވި މީހާއަށް އެޓެންޑުވާން ދިޔަ އެމްބިއުލާންސް ޑްރައިވަރާއި ހޮސްޕިޓަލުގެ އީއާރުގައި ތިބި ފަރާތްތައް އައިސޮލޭޝަނަކަށް ނުދާ ކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެގައި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ، ނިޔާވި މީހާ އުފުލު އެންބިއުލެންސްގައި ތިބި ކުރޫން ތިބީ ޕީޕީ އަޅަައިގެން ކަމަށާއި އަދި އެމެޖެންސީގައި ތިއްބެވި ސިއްޙީ އެހީތެރިންވެސް ތިބީ ޕީޕީއީ އަޅައިގެން ކަމަށެވެ. އަދި މިހެން ކަމުން އެއްވެސް މީހަކު މިހާތަނަށް އައިސޮލޭޝަންއަށް ގެންގޮސްފައިވުނާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ނިޔާވި މީހާ އުފުލި އެމްބިއުލަންސްގައި ތިބި ކްރިއު އިން ތިބީ ޕީޕީއީ އަޅައިގެން." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑްގައި ނިޔާވެފައިވަނީ މާލެ އަށް ނިސްބަތްވާ އާމިނަތު އާދަމް ނަމަކަށް ކިޔާ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ ކޭސް 126 އާ ގުޅުން ހުރި ފަރާތެއް ކަމަށްވާއިރު، އެމީހާގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެމީހާގެ ނަތީޖާ ލިބުނު އިރު ވަނީ ނިޔާވެފައެވެ.

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް 396 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، އޭގެތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!