އިންތިހާބުގެ ކުރިން އީސީ ބަދަލުކުރާނަން: ޝުޖާއު

އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު ކުރި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް ގެ އިންތިހާބުގެ ކުރިމަތިވަމުން އަންނަ އިރު އީސީގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.
"ތަފާތުކުރުން އިންތިހާ. އެމްޑީޕީއަށް ކެމްޕެއިން ކުރެވޭ. އިދިކޮޅު ، ރަށް ބަންދުގަ" ޝުޖާއު ވިދާޅުވިއެވެ.
މިއަހަރުގެ އޭޕްރިލް މަހު ބާއްވަން ކަނޑައެޅި ލޯކަލް ކައުންސިލް އިންތިހާބު ލަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ތައްޔާރުވަމުން ދަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށެވެ.