ދުނިޔެ

ދަރިފުޅަށް އަނިޔާކޮށް މަރުވިކަމަށް ހީކޮށް އެއްލާލި ޒުވާން އަންހެން ކުއްޖަކު ސަލާމަތްވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާ: މައިންބަފައިން ނުގަބޫލު މީހަކާ ރައްޓެހިވެ އިންނަށް އުޅުނު މުމްބާއީގެ 19 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް މަރުވިކަމަށް އެއްލާލި ނަމަވެސް އެކުއްޖާ ސަލާމަތް ވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަންހެން ކުއްޖާ ބީޗެއް މަތީން ދަނިކޮށް އޭނާގެ މައިންބަފައިންނާ ، ބޭބެ ގޮސް އެކުއްޖާ ލައިގެން ހުރި ހެދުމުގެ ދޯޕައްޓާ ބޭނުން ކޮށްގެން ނޭވާ ހާސްކޮށް މަރާލިކަމަށް ނިންމާ އެކުއްޖާ ބީޗަށް އެއްލާލުމަށް ފަހު ގެއަށް ދިޔަ ނަމަވެސް އެ ކުއްޖާ ސަލާމަތްވީ އެހެން މީހަކަށް އެ ކުއްޖާ ފެނި ޕޮލިހަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ޕޮލިހުން އެތަނަށް ގޮސް ، ވަގުތުން އެމްބިޔުލެންސް ގެނެސް ކުއްޖާ ، ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އަދި ހޮސްޕިޓަލްގައި އޮއްވާ އެކުއްޖާ ހޭއެރި ކަމަށް އިންޑިއާގެ މީޑިއާތައް ބުނެފައި ވެއެވެ. އަދި ކަން ހިނގިގޮތް އެ ކުއްޖާ ކިޔައި ދިނުމުން ފުލުހުން ވަނީ އޭނާގެ މައިންބަފައިންނާ އެއްބަނޑު އެއްބަފާ ބޭބެ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!