ކޮވިޑް-19: މިއަދު ފައްސިވީ 23 މީހުން

ރާއްޖެއިން އިތުރު 23 މީހުން ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 20 ދިވެހިންނާއި 03 ބިދޭސީންނެވެ. އެއީ މާލެއިން 21 މީހުންނާއި އަތޮޅުތެރެއިން 02 މީހުންނެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 23 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 11،986 މީހުން ފައްސި ވެފައިވެއެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންނާއެކު ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 12،009 މީހުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން 40 މީހަކު ވަނީ ނިޔާވެފައެވެ.