ކޮވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 45 އަހަރުގެ އަންހެނެކެވެ.
މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން 41 މީހަކުވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 34 ދިވެހިންނާއި 7 ބިދޭސީންނެވެ.
މިހާތަނަށް ރާއްޖެއިން 12,009 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، 11,132 ބަލިންވަނީ ރަނގަޅުވެފައެވެ.