ދުނިޔެ

ރަޝިޔާގެ ވެކްސިން އަދި މާ ރައްކާތެރި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ ފައިޒާ ކުންފުންޏާއި ބައޯއެންޓެކް ކުންފުންޏާ ގުޅިގެން އުފެއްދި ވެކްސިނަށްވުރެ ރަޝިޔާއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ރައްކާތެރި ކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ރަޝިޔާއިން މިހެން ބުނެފައިވަނީ ފައިޒާގެ ވެކްސިން 90 އިންސައްތަ ރައްކާތެރިކަމަށް ކަމަށް އެކުންފުނިން ބުނުމާ ގުޅިގެންނެވެ.

ރަޝިޔާގެ ސިއްޙަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އޮފް ރިސާޗް އިންސްޓިޓިއުޓް އޮކްސާނާ ދްރަކްޕްނާ ވިދާޅުވީ، ރަޝިޔާއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ސްޕްޓްނިކް 5 ހަށިގަނޑަށް އަސަަރު ކުރާވަރު ބަލަނީ ރަޝިޔާގެ ސަރުކާރުން ކަމަށެވެ. އަދި މި ޑޭޓާތަކުން ދައްކާގޮތުގައި އެމެރިކާއިން އުފައްދާފައިވާ ވެކްސިނަށްވުރެ ރަޝިޔާގެ ވެކްސިން މާ ރައްކާތެރި ކަމަށްވެސް އޮކްސާނާ ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ ވަރަށް އަވަހަށް ކްލިނިކަލް ޕޭޒް 3 ގެ މަޢުލޫމާތުތައް އާއްމު ކުރާނެ ކަމަށާއި މިމަޢުލޫމާތުން ވަރަށް ރަނގަޅަށް ރަޝިޔާގެ ވެކްސިން މާ ރައްކާތެރިކަން އެނގޭ ކަމަށެވެ. ކްލިނިކަލް ޕޭޒް 3 ގައި ރަޝިޔާގެ ވެރިރަށް މޮސްކޯއިން އެކަނި ވެސް 40،000 މީހުން ވަނީ ބައިވެރިވެފައެވެ.

ރަޝީޔާއިން ވެކްސިންގެ ކްލިނިކަލް ޕޭޒް 3 ނިނުމުގެ ކުރިން އާއްމު ބޭނުމަށް ވެކްސިން ވަނީ ބޭނުން ކުރަން ފަށާފައެވެ. ރަޝިޔާގައި ވެކްސިން މިހާރު ބޭނުން ކުރަމުން އަންނައިރު، މިހާތަނަށް ގިނަ އަދަދެއްގެ ސިއްޙީ އެހީތެރިންނާއި ކޮވިޑް-19 ފްރޮންޓް ލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިވެކްސިން ވަނީ ފޯރުކޮށްދީފައެވެ.

ކޮވިޑް-19 ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުން ދާއިރު، މިހާތަށް 51,393,951 މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެެވެ. އަދި 1,271,667 މީހުން މިބަލީގައިވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!