އަލްހަމްދުލިالله ، އިތުރު 50 މީހުން ކޮވިޑުން ރަނގަޅު ވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 50 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންނާއެކު ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 11182 މީހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 14 ދިވެހިންނާއި 07 ބިދޭސީންނެވެ. އެއީ މާލެއިން 15 މީހުންނާއި އަތޮޅުތެރެއިން 06 މީހުންނެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 21 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 12030 މީހުން ފައްސި ވެފައިވެއެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންނާއެކު ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 11182 މީހުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން 41 މީހަކު ވަނީ ނިޔާވެފައެވެ.