ޚަބަރު

މިރޭގެ ވަގުތެއްގައި 113 ބިދޭސީއަކު ގުޅިފަޅަށް ބަދަލު ކުރެވޭނެ: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

މިރޭގެ ވަގުތެއްގައި 113 ބިދޭސީން ގުޅީފަޅަށް ބަދަލުކުރެވޭނެ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19 ގެ ނުރައކަލަށް ހުށަހެޅިފައިވާ 113 ބިދޭސީން މިރޭ ގުލީފަޅާށް ބަދަލު ކުރަން ނިންމާފައިވައިރު، ފައްސިވެފައިވާ 82 ބިދޭސީއެއް ހުޅުމާލެ ފޭސް2 ގައި ހުންނަ އެކްސްޕެޓްރިއޭޓް އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ގުޅިފަޅުގައި މިހާރު ހަދާ ފެސިލިޓީ ނިމޭއިރު އެތަނުގައި 2700 މީހުންނަށް ތިބެވޭނެ ކަމަށެވެ. އަދި ހުޅުމާލޭގައި އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރާ ފެސިލިޓީގައި 400އެއްހާ މީހުންނަށް ތިބެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީން ވެސް ހުޅުމާލޭގައި ބިދޭސީން ބައިތިއްބަން ފެސިލިޓީއެއް ތައްޔާޜު ކުރަމުން ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ވަގުތު މާލޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަަމަށް ފެންނާތީ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އެގޮތުން ވަޒީފާގައި ނޫޅޭ ބިދޭސީންނާއި އުޅޭނެ ވަކިތަނެއް ނެތް ބިދޭސީން ކަރަންޓީން ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ރާއްޖޭން މިހާތަނަށް 519 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 176 ދިވެހިންނާއި 343 ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!