ލައިފްސްޓައިލް

ދިރިއުޅުމުގައި ދިމާވާ އެންމެ ކުދިކުދި ކަންތައްތަކަށް ވެސް ﷲ އަށް ޝުކުރުވެރިވާން އާދަކުރޭ - މުފްތީ މެންކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިރިއުޅުމުގައި ތަފާތު އެކި ކަންތައްތަކާ ކުރިމަތި ލާން ޖެހޭއިރު ދެރަވާ ކަންތައްތަކާއި އުފާވާ ކަންތައްތައް ދިމާވެއެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އާދެއެވެ.

Ads by STELCO

ދިމާވާ އެންމެ ކުދިކުދި ކަންތައްތަކުގައި ވެސް ﷲ އަށް ޝުކުރުވެރި ވާށެވެ. އެހެނީ އެއީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ރަސްކަލާނގެއެވެ. ތިމާއަކީ އެކަނިވެރިއެކޭ ހީނުކުރާށެވެ. ދިމާވާ ހިތާމަ ތަކާއި ދަތިތަކުގައި މާތް ﷲ އަށް ދަންނަވާށެވެ. ދުޢާ އަޑު އައްސަވާނެއެވެ. އިޖާބަ ކުރައްވާނެއެވެ.

"ތިބާ ކުރާ ކަންތައްތަކުގައި ސުވާލު އުފެދޭނެއެވެ. އެހެން ނަމަވެސް ހުރިހާ ސުވާލެއްގެ ޖަވާބު ނޭނގިދާނެއެވެ. މިކަމަށް އޮތް ހައްލަކީ ﷲ އަށް ދެންނެވުމެވެ. ޖަވާބު ލިބިލައްވާނެއެވެ. ދެރަޔާއި ހިތާމަ ތަކުގައި އެކަލާނގެ ތިބާއަށް ހެޔޮ ގޮތް މިންވަރު ކުރައްވާނެއެވެ." މުފްތީ މެންކް ވިދާޅުވިއެވެ.

ކަންތައްތަކުގައި ގޮތް ނިންމާއިރު އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. ރަނގަޅު ގޮތާއި ނުބައި ގޮތް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންކަމުން އެކަންކަމަށް ބިނާކޮށް ދިރިއުޅުން ބައްޓަން ކުރަންވީ ގޮތް އޮތީ ތިމާގެ އަތް މަތީގައެވެ.

ހުރިހާ އެންމެން އެއް ގޮތެއް ނުވާނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭނީ އެކި ގޮތަށެވެ. ގިނައިން ލިބޭ މީހުންނާއި މަދުން ލިބޭ މީހުން އުޅެއެވެ. މިއިން ކޮންމެ ކަމެއްގައި ވެސް ޝުކުރުވެރިވާށެވެ.
ދިމާވާ ކަންތައްތަކުގައި ކެތްތެރިވާން އާދަ ކުރާށެވެ. އެހެނީ މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!