ޚަބަރު

ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމަށް މަޢުލޫމާތު ލިބިގެން ހަރުކަށި ފިކުުރުގެ ބައެއް ފުލުހުން ހައްޔަރުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
Police, ފުލުހުން

ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމަށް މަޢުލޫމާތު ލިބިގެން ހަރުކަށި ފިކުުރުގެ ބައެއް ފުލުހުން ހައްޔަރު ކޮށްފިއެވެ.

Ads by MWSC

ފުލުހުން ދެންމެ ވިދާޅުވީ، ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެކަން ހުއްޓުވާ، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް އަދި ހައްޔަރުކޮށްފައި ވަނީ ކޮންތާކުން ކަމެއް ފުލުހުން މަޢުލޫމާތެއް ނުދެއެވެ.

ފުލުހުން ހަރަކާތްތެރިވަމުން ދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި އަދި ތ. ތިމަރަފުށީގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!