ރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމަކީ ސުވަދީވްގެ ވެރިކަން: ނަޝީދު

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވަދީވްގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމެއްގެ ނިޒާމު، ޖުމްހޫރީ ވެރިކަމެއްގެ ނިޒާމަށް ބަދަލުވެގެން އަންނަނީ ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރަން ފެށުމުން ކަމަށެވެ.
ނަމަވެސް އެފަދަ ވެރިކަމެއް ތާރީޚުގެ ތެރެއިން 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ފެށުނުކަމަށް ދަންނަވަން އެމަނިކުފާނަށް ދަތި ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 9 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވެދައިވްގެ ވެރިކަމަކީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށުނީ، ނުވަތަ ޕާލިމެންޓެއް އުފެދި ރަނގަޅަށް ހިނގާން ފެށުނީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވެދައިވްގެ ވެރިކަމުގައި ކަމަށާއި އެއީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް ކަމަށެވެެ.