ޚަބަރު

ރާއްޖޭަގައި ދޭން އުޅުނު ހަމަލާއާ ގުޅިގެން 6 މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
Police, ފުލުހުން

ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅޭ ލިބުނު މައުލޫމާތާ ގުޅިގެން މިހާތަނަށް އެ މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ އެމައްސަލަ އާއި ގުޅިގެން ތިމަރަފުށިން ރޭ އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ އާ ގުޅިގެން މީގެ ކުރިން ވަނީ މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު ހައްޔަރު ކޮށްފައެެވެ. އެއީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ ފަސް ފިރިހެނުންނެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ އެކަން ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!