އިތުރު 26 މީހުން ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ ތެރެއިން އިތުރު 26 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 16 ދިވެހިންނާއި 10 ބިދޭސީންނެވެ. އެއީ މާލެއިން 25 މީހުންނާއި އަތޮޅުތެރެއިން މީހެކެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 26 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 12085 މީހުން ފައްސި ވެފައިވެއެވެ.
މިއަދު ބަލިން ރަނގަޅުވި 26 މީހުންނާއެކު ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 11225 މީހުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން 41 މީހަކު ވަނީ ނިޔާވެފައެވެ