ދުނިޔެ

ކޮވިޑަށް ފައްސިވި ޔޫކްރޭންގެ ރައީސް ފަރުވާއަށް ހޮސްޕިޓަލަށް ބަދަލުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިދިޔަ ހޯމަ ދުވަހު ކޮވިޑަށް ފައްސިވި ޔޫކްރޭންގެ ރައީސް ވްލޮޑޮމިއާ ޒެލެންސްކީ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސްގެ ހާލުކޮޅު ސީރިޔަސް ނޫން ކަމަށާއި ނަމަވެސް އެންމެންގެ ސަލާމަތަށްޓަކައި އަދި ރަނގަޅަށް ފަރުވާ ދިނުމަށް ރައީސް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޔޫކްރެއިންގެ ރައީސްއާ ޑައިރެކްޓް ކޮންޓެކްޓްވި ބައެއް ވަޒީރުން އަދި އިސްބައެއް ބޭފުޅުންނަށް ވެސް ވަނީ ކޮވިޑް ޖެހިފައެވެ. މިގޮތުން ފިނޭންސް މިނިސްޓަރ އަދި ޑިފެންސް މިނިސްޓަރު ވެސް ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

ކޮވިޑް ޖެހުނުކަން ރައީސް ހާމަ ކުރައްވާފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ. މިގޮތުން އޭރު ވިދާޅުވެފައި ވަނީ، ކޮވިޑް-19 ނުޖެހޭ އެއްވެސް މީހެއް ނުހުންނާނެ ކަމަށާއި ކަރަންޓީންގެ ހުރިހާ އުސޫލަކާ އެއްގޮތަށް އަމަލު ކުރެއްވި ނަމަވެސް ކޮވިޑަށް ފައްސިވެ ވަޑައިގެންފައިވާ ކަމަށެވެ.

ޒެލެންސްކީގެ އަނބިމީހާ ވެސް މިދިޔަ ޖޫން މަހު ތެރޭގައި ވަނީ ކޮވިޑް-19 ޖެހިފައެވެ. ޔޫކްރޭނުން މިހާތަނަށް 500,865 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 9,145 މީހުން މިބަލީގައި ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!