އެކްސިޑެންޓެއްގައި މަރުވި ކުއްޖެއްގެ ގުނަވަންތައް ހަދިޔާކޮށް، 4 މީހުންގެ ފުރާނަ ސަލާމަތްކޮށްފި

ކާރު އެކްސިޑެންޓެއްގައި މަރުވި އުމުރުން 15 އަހަރުގެ ކުއްޖެއްގެ ގުނަވަންތައް އެކުއްޖާގެ އާއިލާއިން ހޮސްޕިޓަލަކަށް ހަދިޔާކޮށްފިއެވެ.
އެކުއްޖާގެ އާއިލާއިން ވަނީ އެކުއްޖާގެ މޭ، ހިތް އަދި ދެ ކިޑްނީ އެކުއްޖާ ފަރުވާ ހޯދަމުން އައި ސަވާއި މޭން ސިންގް މެޑިކަލް ކޮލެޖަށް ހަދިޔާކޮށްފައެވެ. ހަދިޔާ ކުރި މި ގުނަވަންތަކުގެ ސަބަބުން ވަނީ 4 މީހެއްގެ ފުރާނަ ސަލާމަތްވެފައެވެ.

މިއީ ރާޖަސްތާނުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި ކާމިޔާބުކަމާއެކު ކުރި 38 ވަނަ ގުނަވަންތަކުގެ ޓްރާންސްޕްލާންޓެވެ.
ކާރު އެކްސިޑެންޓެއްވެ 15 އަހަރުގެ ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ނޮވެންބަރު 3 ވަނަ ދުވަހުއެވެ. ޑޮކްޓަރުން މެދުނުކެނޑި ކުރި މަސައްކަތުންގެ ކުއްޖާ ސަލާމަތްނުވެ، އެކުއްޖާގެ ސިކުނޑި މަރުވެފައިވާ ވާ ކަމަށް ނިންމާފައި ވަނީ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.
ކުއްޖާގެ ސިކުނޑި މަރުވުމާއެކު މެޑިކަލް ކޮލެޖުގެ ޑޮކްޓަރުން ވަނީ ކުއްޖާގެ ގުނަވަންތައް ހަދިޔާ ކުރުމަށް އާއިލާ ގާތުން އެދިފައެވެ.
އެކުއްޖާގެ ޗިސް މެޔާއި ދެ ކިޑްނީ ހަދިޔާކޮށްފައި ވަނީ ސަވާއި މޭން ސިންގް މެޑިކަލް ކޮލެޖުގައި ފަރުވާ ހޯދަމުން ދިޔަ ތިން މީހަކަށެވެ. އަދި ހިތް ހަދިޔާކުރީ ދިއްލީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި ބަލި މީހަކަށެވެ.
ރުޅި ނައިސް މިކަމަށް ވިސްނާލައްޗެ
.ފުރާން ސަލާމަތް ކޮށްފި ނުލިޔާށެވެ. ސަބަބެއް މެދެވެރި ކުރެއްވުމަށްފަހު އެކަން ކުރަށްވަނީ މާތް ރަސްކަލާންގެ އެވެ.