ރިޕޯޓް

ހޮޅުދޫގެ ފަރާއި ގޮނޑުދޮށް ސާފުކޮށް ބޭއްވުމަށް އަރިސް ބޮޑުބެރުގެ ފަރާތުން އިސްނަގައިފި: އައްސަރިބަހާއި ސާބަސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހޮޅުދޫގެ ފަރާއި ގޮނޑުދޮށް ސާފުކޮށް ބޭއްވުމަށް ހޮޅުދޫގެ ބޮޑުބެރު ގުރޫޕެއް ކަމަށްވާ "އަރިސް ބޮޑުބެރު" އިން އިސްނަގައިގެން މަޝްރޫއެއް ފަށައިފިއެވެ. މި މަޝްރޫއުގެ ޝިއާރަކީ "ސާފުވެށި، އެންމެންގެ ޒިންމާއެއް" މިއެވެ.

Ads by STELCO

މި ޕްރޮޖެކްޓް ރަސްމީކޮށް ފަށާފައި ވަނީ މިއަދުއެވެ. މިއަދު އަރިސް ބޮޑުބެރުން އިސް ނަގައިގެން ވަނީ ހޮޅުދޫގެ ބޮޑު ތުނޑި ސާފު ކޮށްފައެވެ.

އަރިސް ބޮޑުބެރުގެ މެނޭޖަރު އަލީ ޒާއިދު "ދެން"އާ ވާހަކަ ދައްކަމުން ބުނީ، މި މަޝްރޫއު އަކީ ނ.ހޮޅުދޫގައި ތިމާވެއްޓާ ހޭލުންތެރި ތިމާވެއްޓަށް އަހައްމިއްޔަތުކަން ދޭ ދެމެހެއްޓެނިވި މުޖުތަމައެއް ބިނާ ކުރުމުގެ މަގްސަދުގައި ފެށި މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއަކީ ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަރިސް ބޮޑުބެރުގެ ފަރާތުން ރާވައިފައިވާ މަޝްރޫއު އެކެވެ. އެގޮތުން ރަށުގެ ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ހިމެނޭހެން މިހާރު ވައިބާ ކޮމިއުނިޓީ ގްރޫޕެއް ހަދާފައިވާ ކަމަށާއި މި މަޝްރޫއާ ގުޅޭ މައުލޫމާތު ބަރާބަރަށް ރައްޔިތުންނާ ހިއްސާ ކުރަމުން ދާނެ ކަމަށް ޒާއިދު ފާހަގަ ކުރިއެވެ.

ހޮޅުދޫގެ ފަރު ސާފުކޮށް ބޭއްވުމަށް ވަކި ޓީމެއް ކޮންމެ ދުވަހަކުސް މޫދަށް ފައިބާ ގޮތަށް ހަމަ ޖެހިފައިވާ ކަމަށް ޒާއިދު ބުންޏެވެ. އަދި މި މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވުމަކީ އެ ގުރޫޕްގެ އުއްމީދު ކަަމުގައި އޭނާ ފާހަގަ ކުރިއެވެ.

މި މަޝްރޫއަކީ އަރިސް ބޮޑުބެރުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ނަމަވެސް މި ކަމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭކަަން ޒާއިދު ފާހަގަ ކުރިއެވެ. އެގޮތުން ހޮޅުދޫ ކައުންސިލާއި އަދި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭކަން ފާހަގަކޮށް އޭނާ ޝުކުރު އަދާ ކުރިއެވެ.

އަރިސް ބޮޑުބެރުން ހާއްސަ ޝުކުރެއް ދެން އަދާ ކުރީ ނ.ހޮޅުދޫގެ 2 ޖަމިއްޔާއެއް ކަމަށްވާ ބާފާ އަދި ބޭސް އަށެވެ. މި ދެ ފަރާތުންވެސް ވަރަށް ގިނަގުނަ އެހީތެރިކަން ލިބިގެންދާ ކަމަށް ޒާއިދު ފާހަގަ ކުރިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!