ޚަބަރު ކުޅިވަރު

ސަރުކާރުން ކުޅިވަރުގެ ހުރިހާ ހަރަދެއް ބެލުމަކީ އެންމެ ރަގަނޅުގޮތެއް ނޫން: ހަސަން ލަތީފް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު އަދި ކުރީގެ ޔޫތް މިނިސްޓަރ ހަސަން ލަތީފް

ސްޕޯޓްސް ކޯޕަރޭޝަންގެ ދައުރު ބޮޑުކޮށް، ކުޅިވަރުގެ ބިންތަކުން ފައިދާވާ ގޮތަށް އެތަންތަން ހިންގަން ޖެހޭކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު އަދި ކުރީގެ ޔޫތު މިނިސްޓަރ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ކުޅިވަރު ގާނޫނަށް ހަސަން ލަތީފް ހުށައެޅުއްވި އިސްލާޙުތަކުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަންގެ ދައުުރު ބޮޑުކޮށް، ކުޅިވަރު ބިންތައް އެކޯޕަރޭޝަން ދަށަށް ބަދަލުކޮށް، ވިޔަފާރި އުސޫލުން އެބިންތައް ހިންގުން ހިމެނެއެވެ.

ކުޅިވަރުގެ ގާނޫންނަށް އިސްލާޙު ހުށައެޅުއްވި މެންބަރު ހަސަން ލަތީފް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ޒަމާނަށް އައި ބަދަލާއެކު މިހާރު ކުޅިވަރަކީ ދުނިޔޭގައި އެންމެ ގިނައިން ފައިދާވާ އަދި އެންމެ ގިނަ ފައިސާ ވަންނަ އެއް ވަސީލަތް ކަމަށެވެ. ޔޫރަޕްގެ އެސޯސިއޭޝަންތަކާއި ކުލަބްތައް މިހާރު ހިންގަނީ އެކުލަބަކަށް ނުވަތަ އެ އެސޯސިއޭޝަނަކަށް ލިބޭ ފައިސާއިންކަމަށާއި ސަރުކާރުން މާބޮޑު ބުރައެއް އުފަލަން ނުޖެހޭކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ލަޠީފް އިތުރަށް ވިދާޅުވީ ރާއްޖޭގައި ވެސް މިހާރު ކުޅިވަރު ބިންތަކުން ފައިދާވާ ގޮތަށް ހިންގަން ޖެހޭ ކަމަށާއި މައި ސަރުކާރުން ކުޅިވަރުގެ ހުރިހާ ހަރަދެއް ބެލުމަކީ އެންމެ ރަގަނޅުގޮތް ނޫން ކަމަށާއި އަދި ކުޅިވަރު ބިންތަކުން ފައިސާ ހޯދައިގެން އެސޯސިއޭޝަންތައް ހިންގަންޖެހޭ ކަމަށެވެ.

ކުޅިވަރުގެ ގާނޫނަށް ހަސަން ލަތީފް ހުށައެޅުއްވި އިސްލާޙުތަކުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަނަށް ބާރުތައް ދިނުމާބެހޭ އިސްލާޙަށް ކުޅިވަރު ފަރާތްތަކުން ތަޢުރީފު ކޮށްފައިވާއިރު، ގައުމީ އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ކުރިއަށް ގެންދާނީ އިލެކްޝަން ކޮމިޝަނުންކަމަށް ބުނާ އިސްލާހަށް ކުޅިވަރު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ހަސަން ލަތީފް ވިދާޅުވީ ކުޅިވަރު ބިންތަކުން ފައިސާ ހޯދައިގެން ހިންގަން ޖެހޭކަމަށާއި، އަދި ސަރުކާރަށް ބުރަ ނުވާގޮތަށް އެސޯސިއޭޝަންތައް ހިންގަން ފެށުމުން، ކުޅިވަރުވެސް އިތުރަށް ތަރައްގީވެ، އެސޯސިއޭޝަންތަކުގެ ހިންގުންވެސް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

ކުޅިވަރު ގާނޫނު ވުޖޫދަށް އައިސްފައި ވަނީ 2015ވަނަ އަހަރެވެ. ނަމަވެސް ގާނޫނުގެ ދަށުން ހަދަންޖެހޭ ގިނަ ޤަވާއިދުތަކެއް އަދިވެސް ހުރީ ނުހެދިއެވެ.

Ads by Ooredoo
  1. މޮގެންބޯ

    ސަރުކާރުން ބަލަން ޖެހޭ ކުޅިވަރެއް ބާސްކެޓް ވާނުވާ އެއް ނުބަލަ ބައެއް ކޯޗުން ނާއި ކުޅުން ތެރިން ނައް ބޭނުން އެއްޗެއް ހަދާލަނީ ސުޕުން އެއް ބަހައްޓާއިގެން