ދުނިޔެ

ދެވަނަައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވިި އިންޑިއާގައި ބިރެއް ނެތި ދިވާލީ ފާހަގަ ކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިހާތަނަށް 8 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި މިބަލީގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވާ، އަވައްޓެރި އިންޑިޔާގައި އެއްވެސް ސަލާމަތީ ރައްކާތެރި ކަމުގެ ފިޔަވަޅެއް ނެތި ގިނަ ސަރަހައްދުތަކުގައި ދިވާލީ ފާހަގަކޮށްފިއެވެ.

Ads by Sosun Fihaara

ހިންދޫ ދީނުގެ މީހުން ރޭ ދިވާލީ ފާހަގަ ކޮށްފައިވާއިރު، ގިނަ ބަޔަކު އެއް ސަރަހައްދަކަށް އެއްވެ، ގައިދުރު ކަމެއް ނެތި، މާސްކް ނާޅާ ވަނީ ހަރަކާތްތެރިވެފައެވެ. މިއާއެކު އިންޑިޔާގެ ނޫސްތަކުގެ އިތުރުން ބޭރުގެ ބޮޑެތި މީޑިޔާތަކުގެ ހެޑްލައިނުން ވެސް އިންޑިޔާއިން ވަނީ ޖާގަ ހޯދާފައެވެ.

އިންޑިޔާގެ ޑަކްޓަރުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައި ވަނީ ދިވާލީގެ ހަރަކާތްތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ނުކުރުމަކީ ހިތާމަވެރި ކަމެއް ކަމަށާއި މިގޮތަށް ކަންތައް ދިމާވާނަމަ އިންޑިޔާގެ ހާލަތު މިހާރަށްވުރެ ވެސް ގޯސްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ދިވާލީގެ ހަރަކާތްތައް ރޭ ފެށިފައިވާއިރު، މިއަދުވެސް ދިވާލީ ފާހަަގަ ކުރުމުގެ ހަރަކާތްތައް ކުރިޔަށް ދާނެއެވެ. ރޭ އިންޑިއާގެ ބޮޑެތި ހުރިހާ ސްޓޭޓެއްގައި ވަނީ ހަވާ އަރުވާފައެވެ. މިމަންޒަރު ބަލަން ގިނަ ބަޔަކު އެއްވިއެވެ.

އިއްޔެ އެކަނި ވެސް އިންޑިއާގައި 45,343 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު، އިންޑިއާގެ ފަޤީރު ހިސާބުތަކުގައި އިތުރު މީހުންނަށް ކޮވިޑް-19 ޖެހިފައި ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑިއާގެ ފަޤީރު ހިސާބުތަކުގައި ކޮވިޑް ޓެސްޓް ކުރުން ކުރިޔަށް ނުގެންދާތީ ސަރުކާރަށް ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!