ލައިފްސްޓައިލް

ލިބުނު ވަޒީފާ ގެއްލުނީ ބުރުގާ ބާލަން އެއްބަސް ނުވުމުން، އެކަމާއި އެއްވެސް ދެރައެއް ނުވޭ: ޤަޒާލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލަކުން ވަޒީފާއެއް ހޯދަން ދިޔަ މުސްލިމު އަންހެން ކުއްޖަކު ބުރުގާ ބާލަން އެޗެނަލުން ޝަރުތުކުރިކަން ހާމަވެއްޖެއެވެ.

Ads by MWSC

އުމުރުން 24 އަހަރުގެ ޤަޒާލާ އަޙުމަދު ބުނީ، މަޝްހޫރު މީޑިއާ ޗެނަލެއްގެ އޮފީހަކަށް ވަޒީފާއަށް އެދި ސިޓީ ލުމުން، ވަރަށް ފަސޭހައިން އިންޓަވިއުއަކަށް ކީ ކަމަށެވެ.

އަލީގަޅު މުސްލިމް ޔުނިވާސިޓީގައި މާސް ކޮމިއުނިކޭޝަން ކިޔަވަމުންދާ ޤަޒާލާ ބުނީ އޭނާ އެވަޒީފާއަށް ހުށަހެޅީ އިންޓަވިއުއަކާ ހަމައަށް ވެސް ދެވިދާނެ ކަމުގެ އުންމީދުގައެއް ނޫން ކަމުގައެވެ. އެހެންކަމުން އިންޓަވިއުއަކަށް ކިޔުމުން ވަރަށް އުފާވި ކަމަށް ވެސް ބުންޏެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެއިންޓަވިއުއަށް ދިޔައީ ވެސް ބުރުގާ އަޅައިގެން ކަމަށާއި، އިންޓަވިއު ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ޤަޒާލާ ބުންޏެވެ.

އޭގެ ދެ ދުވަސް ފަހުން އެއޮފީހުން އޭނައަށް ފޯނު ކޮށްފައި އޭނާއަށް އެވަޒީފާ ދޭން ނިންމި ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ އުފާވެރި ޚަބަރު ދިނީ ޝަރުތަކާއެކުގައެވެ.

"އެމީހުން ބުނީ ވަޒީފާގެ ވަގުތުގައި ބުރުގާ ބާލައިގެން އުޅެން ޖެހޭނެ ކަމަށް. އަހަރެން އެކަމަށް ދެކޮޅު ހެދިން. އަދި ބުރުގާ އަޅައިގެން އުޅުމުގެ ހުއްދައަށް އެދުނިން. ނަމަވެސް އެމީހުން ބުނީ ބުރުގާ އަޅަންޏާ ވަޒީފާ ދެވެން ނެތް ކަމަށް. އެހެން ބުނެފައި ފޯނު ކަނޑާލީ. ބުރުގާ ނުބާލައިގެން ވަޒީފާއެއް ނުލިބުނަސް ދެރައެއް ނުވޭ" ޤަޒާލާ ބުންޏެވެ.

ފަހަކަށް އައިސް އިންޑިއާގެ މުސްލިމުންނަށް އެގައުމުގައި މިފަދަ ކިތަންމެ ދަތިތަކަކާއި ދަނީ ކުރިމަތިވަމުންނެވެ.

  1. ފަޚުރުވެރި ދިވެހި ދަރިއެއް

  2. ސާބަސް

    ސާބަސް މުސްލިމުއަންހެންކުއްޖެއް ފަހުރުވެރިވެވިއްޖެ ތިގޮތުގަކުރިއައްދާތިދެރަގޮތެއްމެދުވެރިނުކުރައްވާށި އާމީން