ޚަބަރު

ކުރިއަށް އޮތް ދެ ހަފްތާގައި މާލެ އައުން ރަނގަޅެއް ނޫން: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ދެ ހަފްތާގައި މާލެ އައުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް، ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވި ހިތާބުގައި ވަނީ ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި ކޮވިޑް-19 ގެ ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ކުދިންނަށް ތަފާތު އެކި ހާލާތްތައް ދިމާވެފައިވާ ކަމަށާއި އެގޮތުން ބޭރުގައި ތިބި ފަރާތްތައް ގެންނައިރު ގައުމެއްގެ ގޮތުގައި އެންމެ ރައްކާތެރި ގޮތަކަށް މިކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ.

"ކުރިއަށް މިއޮތް ދެ ހަފްތާ އަކީ ކަރަންޓީނު ފެސިލިޓީތައް ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ބޭނުން ޖެހޭނެ، މާލޭގައި މިހާރު މިއޮތް ހާލަތާއި ކުރިމަތިލާއިރު. އަދި މާލެ އަކީ ވެސް ކުރިއަށް މިއޮތް ދެ ހަފްތާގެ ތެރޭގައި އެންމެ ރައްކާތެރި ތަނަކަށް ނުވާނެ އަންނާކަށް ވެސް" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތައް އަނބުރާ ގައުމަށް ގެނައުން މި ދުވަސްކޮޅު މަޑުޖެހިދާނެ ކަމަށާއި ނަމަވެސް ވީވަރަކުން އެ ފަރާތްތައް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!