ޚަބަރު

އާތްރައިޓިސް ބޭސް :އުމުރުން ދުވަސްވީ މީހުނަށް ކޮވިޑް-19 ގެ ނުރައްކާ ކުޑަކޮށްދޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އާތްރައިޓިސް ނުވަތަ ރާއްޖެ ބޭހަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ބޭހުން، އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19 އިން ކުރިމަތިވާ ނުރައްކާ ކުޑަކޮށްދޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by MWSC

ދިރާސާވެރިން ބުނާ ގޮތުގައި މި ބޭހުގެ ސަބަބުން ކޮވިޑް ޖެހިގެން މަރުވުމުގެ ފުރުސަތު 71 އިންސައްތަ ކުޑަކޮށްދެއެވެ. އާތްރައިޓިސް ކޮވިޑް-19 އަށް ބޭނުން ކުރެވޭނެ ކަމަށް އެންމެ ފުރަތަމަ ބުނެފައި ވަނީ އިނގިރޭސިވިލާތުގެ މެޑިކަލް ފާމަކުންނެވެ. އެއަށް ފަހު ސައިންސްވެރިން ވަނީ މިކަން ދިރާސާ ކުރުމަށް މި ބޭސް ބޭނުންކޮށްގެން ގިނަ ޓެސްޓުތަކެއް ހަދާފައެވެ.

އެގޮތުން މި ދިރާސާތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި މި ބޭހުގެ ސަބަބުން ކޮވިޑްގެ ރިސްކު ހައި މީހުން ކަމަށްވާ އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑްގެ ސަބަބުން ކުރިމަތިވާ ނުރައްކާ ވަރަށް ބޮޑު ތަނުން ކުޑަކޮށްދެއެވެ.

އާތްރައިޓިސް އަށް ފަރުވާ ކުރުމަށް އޮލުމިއަންޓް ނަމަކަށް ކިޔާ ބްރޭންޑަކުން "ބަރިސިޓިނަބް" ގެ ނަމުގައި މީގެ ތިން އަހަރު ކުރިން ނެރުނު މި ބޭސް ބޭނުންކޮށް އާޓިފިޝަލް އިންޓެލިޖެންސު ބޭނުން ކޮށް ކުރި ދިރާސާއަކުން ދެއްކި ގޮތުގައި މި ބޭހުގެ ސަބަބުން ކޮރޯނާ ވައިރަސް ފުއްޕާމެއަށް އިންފެކްޓު ކުރުމުގެ ފުރުސަތުތައް ކުޑަކުރެއެވެ.

މި އާ ހޯދުންތަކާއެކު މި ބޭސް ބޭނުންކޮށް ކޮވިޑް-19 ގެ ސަބަބުން ގިނަ ފުރާނަތަކެއް ސަލާމަތްކުރުމަށް ސައިންސްވެރިންގެ އުންމީދުތައް އާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!