ދުނިޔެ

ދަރިފުޅު ވިހޭތާ މާގިނަ ދުވަސްތަކެއް ނުވަނީސް މަރުވި މަންމަގެ ފަހު ވަސިއްޔަތް: ހުރިހާ ގުނަވަނެއް ހަދިޔާކުރަން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދަރިފުޅު ވިހޭތާ މާގިނަ ދުވަސްތަކެއް ނުވަނީސް މަރުވި އަންހެނެއްގެ ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ހަދިޔާކޮށް ގިނަ ބައެއްގެ ލޯބި ހޯދައިފިއެވެ.

Ads by WAMCO

ވޭރުގެ މީޑިއާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އަންހެން މީހާ މަރުވެފައިވަނީ އޭނަގެ 4 ވަނަ ދަރިފުޅު ވިހޭތާ 5 ދުވަސް ފަހުންނެވެ. އަދި އެ 5 ދުވަހުގެ ތެރޭގައި ވެސް އޭނާ މަރުވެއްޖެނަމަ އޭނަގެ ހުރިހާ ގުނަވަނެއް ހަދިޔާ ކުރުމަކީ އޭނާގެ ފަހު ވަސިއްޔަތް ގޮތުގައި ދުށުމަށް ވެސް ބުނެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

ހަމައެއާއެކު މި އަންހެން މީހާގެ ޖުމުލަ 12 ގުނަވަނެއް ހަދިޔާ ކުރެވިފައިވާ ކަމަށް ވެސް ހޮސްޕިޓަލުގެ ޑޮކްޓަރުން މައުލޫމާތު ދީފައިވެއެވެ. އަދި މި އަންހެންމީހާ މަރުވެފައި ވަނީ ސިކުނޑީގެ ނާރެއް ބުރިވެ އެތެރެއަށް ގިނަ އަދަދެއްގެ ލޭ ބޭރުވުމުގެ ސަބަބުން ކަމަށާއި، މި ކަމަށް ހައްލެއް ހޯދުމަށް ގިނަ އަދަދެއްގެ ސާޖަރީތައް ވެސް ކުރެވުނު ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް މިފަހަރު ޑޮކްޓަރުންނަށް ވެސް އެ އަންހެން މީހާގެ ފުރާނަ ސަލާމަތް ނުކުރެވުނީއެވެ.

މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ވެސް އަންނަނީ އެ އަންހެން މީހާގެ ހުރިހާ ގުނަވަނެއް ހަދިޔާ ކުރީތީ އެކަން ފާހަގަކޮށްފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އެވާހަކަ މީސްމީޑިއާތަކުގައި ވެސް ހިއްސާ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!