ދުނިޔެ

ސިކުނޑި މަރުވެފައިވާ މީހަކު ހުރިހާ ގުނަވަނެއް ބޭނުންޖެހިފައިވާ 8 މީހަކަށް ހަދިޔާ ކޮށްފި: އިންސާނިއްޔަތުގެ ފުރިހަމަ ނަމޫނާއެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ ހައިދުރަ އާބާދަށް އުފަން، ސިކުނޑީގެ މަސައްކަތް ކުރުން އެއްކޮށް ހުއްޓިފައިވާ މީހަކު އޭނަގެ ހުރިހާ ގުނަވަނެއް، ބޭނުން ޖެހިފައިވާ 8 މީހަކަށް ހަދިޔާ ކޮށްފިއެވެ.

Ads by Sosun Fihaara

މިމީހާގެ ސިކުނޑީގެ މަސައްކަތް ކުރުން ހުއްޓުނީ އެކްސިޑެންޓެއްގައި ލިބުނު އަނިޔާގެ ސަބަބުންނެވެ. އެހެން ނަމަވެސް އިތުރު 8 މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މިމީހާގެ އެހެން ގުނަވަންތައް ވަނީ އޭގެ ބޭނުން ޖެހިފައިވާ މީހުނަށް ހަދިޔާކޮށް އެ މީހުންނަށް ދިރިއުޅޭނެ ފުރުސަތު ހޯދައިދީފައެވެ. މިއީ އިންސާނިއްޔަތުގެ ދެވަނައެއް ނެތް ފުރިހަމަ މިސާލެކެވެ.

ކުނުމުރީ ސީތަރަމްރާޖޫއަކީ ޔުނިއަން ބޭންކުގެ މެނޭޖަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން އައި މީހެކެވެ. މީނާ އެކްސިޑެންޓު ވެފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ އެކްސިޑެންޓުގައި މީނާ ދަތުރުކުރަމުން ދިޔަ ކާރު ޖެހިފައި ވަނީ ޓުރަކެއްގައެވެ. އަދި މި އެކްސިޑެންޓުގައި އުމުރުން 36 އަހަރުގެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައި ވާ ކަމަށް ވެސް ޚަބަރުތައް ލިބެއެވެ.

އެ އަވަށުގެ ސިއްހީ މަރުކަޒަށް ސީތަރަމްރާޖޫ ގެންދިއުމަށް ފަހު ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް އިންޑިއާގެ ހޮސްޕިޓަލެއް ކަމަށްވާ ގްލޯބަލް ހޮސްޕިޓަލަށް ބަދަލު ކުރިއެވެ

ޚަބަރުތައް ލިބިފައިވާ ގޮތުގައި ސީތަރަމްރާޖޫގެ ހަށިގަނޑުގެ ގުނަވަންތައް އޭގެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހަދިޔާ ކުރުމަށް ނިންމާފައިވަނީ އޭނަގެ އަނބިމީހާގެ އިތުރުން ސީތަރަމްރާޖޫގެ އާއިލާ މީހުންނެވެ. މިމީހާގެ ފުއްޕާމެއާއި، ހިތާއި، ކިޑުނީގެ އިތުރުން ކޯނިޔާ (ލޮލުގެ ބައެއް) ވެސް ވަނީ ހަދިޔާ ކޮށްފައެވެ. މިކަން ކޮށްފައިވަނީ ސަރުކާރުގެ ހުއްދައާއިއެކު މިކަން ކުރަން އޮންނަ އުސޫލުން ކަމަށް ވެސް ބޭރުގެ މީޑިއާ ތަކުން ބުނެެއެވެ.

ސީތަމްރާޖޫގެ ގުނަވަންތައް ހަދިޔާކުރުމާއި ގުޅިގެން އިންޑިއާގެ ގިނަބަޔަކު ދަނީ އެކަން ފާހަގަކޮށް އެމީހާ އަށާއި އެމީހާގެ އާއިލާއަށް ޝުކުރު އަދާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!