ޗީފް އޮފް ޕްރޮޓްކޯލްގެ މަގާމަށް ފުރަތަމަ ފަހަރަށް ބޭކަނބަލެއް
ޗީފް އޮފް ޕްރޮޓްކޯލްގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭކަނބަލަކު އައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ގ. ޕެންޒީމާގެ ޢާއިޝަތު ޝާން ޝާކިރުއެވެ.
މިއީ، މި މަގާމަށް އަންހެން ބޭފުޅަކު މިހާތަނަށް ހަމަޖެއްސެވި ފުރަތަމަ ފަހަރަށެވެ.
އޭނާ މިއަދާ ހަމައަށް ހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ. ޝާން، މީގެ ކުރިން ވަނީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ ފުރުއްވައިފައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހެންވޭރު ޖެހޭވައި އިބްރާހީމް ޝަހީބު ވަނީ ހަމަޖައްސާފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ.