ދީން

"އައުގުރާނަ ބަސްތަކަކީ ހަމަ ތިބާގެ ފަތުގައި ލިޔެވޭނެ އެއްޗެއްކަން ހަނދުމަފުޅު ބަހައްޓަވާ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުލުން ބޭރުކުރެވޭ "އައުގުރާނަ" ބަސްތަކަކީ ހަމަ އެމީހެއްގެ ފަތުގައި (ނުބައި ޢަމަލެއްގެ ގޮތުގައި) ލިޔެވޭނެ ބަސްތަކެއްކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ހަނދުމަފުޅު ކޮށްދެއްވައިފިއެވެ.

Ads by MWSC

ޝެއިޚް ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުތުރު މީސްމީޑިއާގައި ހުތުރު ބަސްތައް ބޭނުން ކުރާތަން ފެންނަމުންދާ ކަމަށެވެ.

"އެހެން ނަހައްދަވާ! އައުގުރާނަ ބަސްތަކަކީ ހަމަ ތިބާގެ ފަތުގައި ލިޔެވޭނެ އެއްޗެއްކަން ހަނދުމަފުޅުގައި ބަހައްޓަވާ! ދޫ ތޯހިރު ކުރައްވަވާ!" ޝެއިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ.

ކީރިތި ޤުރްޢާންގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:

﴿11﴾ يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.
[ އަލް ޙުޖުރާތް 11 ވަނަ އާޔަތް ]

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!