ޚަބަރު

ފައްޓަރުބައި ވިއްކާފަ ފައިސާ ދޭން ޗައިނާއިން ދަނީ އާދޭސް ކުރަމުން- ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފައްޓަރުބައި ވިއްކާފައި ފައިސާ ދޭން ޗައިނާއިން އާދޭސް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް މިއަދު ދެ އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ބަޖެޓަށް ބުރަ ވެގެން މި އުޅެނީ ރައީސް ޞާލިޙު ނެންގެވި އެންމެ ލޯނެއް ވެސް ދައްކަން ޖެހިގެނެއް ނޫން ކަމަށާއި ބަޖެޓަށް ބުރަވެގެން އުޅެނީ 2013 އާއި 2018 އާ ދެމެދު ރައީސް ޔާމީން ނެންގެވި ލޯނުތައް ދައްކަން ޖެހިގެން ކަމަށެވެ.

"ދެންނެވުމެއް ނެތް، ވިޔަފާރީގެ ދެކޮޅު ޖެހުމެއް ނެތް، ހަމަ ރުފިޔާ އޮތީތީ ލިބެން އޮތީތީ ނަންގަވަމުން ނަންގަވަމުން ދިޔައީ. ގައުމުތައް އަބަދުވެސް ތިބޭ އަޅުގަނޑުމެންނަށް ފައިސާ ދޭން. މި އަހަރުގެ ދެ ތިން މަހުގައި އަޅުގަނޑުމެން ދައްކަން ޖެހޭ 83 މިލިއަން ޑޮލަރު ޗައިނާއަށް. އެ އޮތް ބޮޑު ގައުމު، ދުނިޔޭގެ ވެރިކަމަށް އައުމަށް ތައްޔާރުވެ މަސައްކަތް ކުރަމުން އަންނަ ޗައިނާއިން އަންގަނީ އަޅުގަނޑުމެން މި ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮތް ގައުމު ކައިރީގައި އަޅުގަނޑުމެންގެ ފައްޓަރު ބައި ވިއްކާލާފައި ލޯނު ދައްކާށޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!