ދުނިޔެ

މައުތު ވޮޝްއިން ކޮރޯނާ ވައިރަސް 30 ސިކުންތު ތެރޭގައި މަރާލާ: ދިރާސާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މައުތު ވޮޝްއިން ކޮރޯނާ ވައިރަސް 30 ސިކުންތު ތެރޭގައި މަރާލާ ކަމަށް ލެބޯޓަރީ އަކުން ހެދި ދިރާސާއަކުން ސާބިތު ވެއްޖެއެވެ.

Ads by Sosun Fihaara

ކާރޑިފް ޔުނިވާރސިޓީ ނަމަކަށް ކިޔާ ޔުނިވާރސިޓީ އަކުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މައުތު ވޮޝްގައި ހިމެނޭ މާއްދާއެއްް ކަމަށްވާ ކެޓީޕިރިޑިނަމް ކްލޮރައިޑް އިން ކޮރޯނާ ވައިރަސް މަރާލުމުގައި ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.

ވޭލްސްގެ މި ޔުނިވާރސިޓީ އިން ކުރި ދިރާސާއިން 30 ސިކުންތުގެ ތެރޭގައި ކޮރޯނާ ވައިރަސް މައުތު ވޮޝް ބޭނުންކޮށްގެން މަރާލެވޭ ކަން ސާބިތުވެފައިވާއިރު މިއީ ކިހާވަރެއްގެ ޔަގީންކަމެއް އޮތް ދިރާސާއެއް ތޯ ބެލުމުގެ މަސައްކަތް އަދިވެސް އެޔުނިވާރސިޓީ އިން ދަނީ ކުރަމުންނެވެ. އަދި އެ ދިރާސާގެ ނަތީޖާ 2021 ވަނަ އަހަރު ލިބޭނެ ކަމަށް ބުނެއެވެ.

މި ދިރާސާ ކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ ބްރޭންޑެއް ކަމަށްވާ ޑެންޓިލް ނަމަކަށް ކިޔާ ބްރޭންޑުގެ މައުތު ވޮޝް ބޭނުން ކޮށްގެންނެވެ.އަދި މިހާރު އެ ބްރޭންޑްގެ މައުތު ވޮޝް ބޭނުން ކޮށްގެން ދިރާސާ ކޮށްފައިވަނީ ޕްރޮފެސަރު ތޯމަސް ކިޔާ ޕްރޮފެސަރެކެވެ.

މި ދިރާސާއިން މިކަން ސާބިތުވެފައި ވީ ނަމަވެސް އަދިވެސް އިތުރު ދިރާސާތައް ކުރުން މުހިއްމު ކަމުގައި ޕްރޮފެސަރު ތޯމަސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!