ޚަބަރު

މިއަދަށް ތާވަލުކުރި ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލް ކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތުގައި މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

Ads by STELCO

މޫސުން ގޯސްވުމުގެ ސަބަބުން ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް ދަތިފުޅުވާތީ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަނެފައިވާ ކަމަށް ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ މިއަދު މެންދުރުފަހު 13:30 އަށެވެ.

ރައީސް ޔާމިނަށް ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާފައެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތުގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އަލަށް އުފުލި ދައުވާތަކަކީ ވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުވައި އުފުލާފައިވާ ދައުވާތަކެކެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!