މުނިފޫހިފިލުވުން

ވަރުގަދަ ރޮކްއަށް" އަށް މިކާރެއް ނުދުއްވުނު! ކީއްވެ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރެސްލަރު އަދި މިހާރު ހޮލީވުޑް ގެ މަޝްހޫރު އެކްޓަރ ޑްވޭން ޖޯންސަން (ދަ ރޮކް) އަކީ މިވަގުތު އެ އިންޑަސްޓްރީގައި ހުރި އެންމެ އަގުބޮޑު އެކްޓަރުންގެ ތެރެއިން އެކަކެވެ.

Ads by Sosun Fihaara

ބަރު އުފުލުމާއި، އެކްޓު ކުރުމާއި، ކާރު ދުއްވުމަށް ބެލިކަމުގައި ވިޔަސް ރޮކް ފާހަގަ ވެފައި ވަނީ ކޮންމެ ކަމެއް ވެސް ކުރެވޭ އެކްޓަރެއްގެ ގޮތުގައެވެ. އެހެންކަމުން ފިލްމު ކުޅެން އޭނާއަށް ލިބެމުންދާ ފުރުސަތުތައް ވެސް އިންތިހާއަށް ގިނައެވެ.

ނަމަވެސް ދާދި ފަހުން މިވަނީ "ރޮކް" އަށް ވެސް ނުކުރެވޭވަރު ކަމަކާއި ދިމާވެފައެވެ. އޭނާ އެންމެ ފަހުން ކުޅުމަށް ސޮއިކުރި ފިލްމެއްގައި ދުއްވަން ހަވާލުކުރި ސްޕޯޓްސް ކާރު އޭނާއަކަށް ނުދުއްވުނެވެ.

ޕޯސްޝް ޓޭކަން ބްރޭންޑުގެ އެކާރު ރޮކް އަށް ނުދުއްވުނީ އޭނާއަށް ކާރު ދުއްވަން ނޭނގޭތީއެއް ނޫނެވެ. އޭނާ އެކާރަށް "ފިޓު" ނުވީއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ރޮކް ކަހަލަ ގައިގައި މަސްޖަހާފައި ހުރި "ބޮޑު" ފިރިހެނަކަށް ވަދެވޭ ވަރަށްވުރެ އެކާރު މާކުޑައެވެ.

މިކަން ރޮކް ވެސް ވަނީ އޭނަގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކޮށްފައެވެ. ރޮކް ބުނެފައި ވަނީ އޭނާއަށް އެކާރަށް ނުވަދެވުމުގެ ސަބަބުން މިހާރު މުޅި އެފިލްމުގެ އެޝޮޓުތައް ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ.

މިކާރަކީ ނެޓްފްލިކްސް އަށް ރޮކް މިހާރު ކުޅެމުންދާ "ރެޑް" ނަމަކަށް ކިޔާ ފިލްމެއްގައި ބޭނުންކުރަން ގެނައި އިލެކްޓްރިކް ކާރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!