ދުނިޔެ

ބަނޑުބޮޑު ކަމަށް ހީކޮށް 2 އަހަރު ވަންދެން މަޑުކުރިއިރު ވެސް ނުވިހި،ބަނޑު ވީ އިތުރަށް ބޮޑު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއީ އިނގިރޭސި ވިލާތުގެ އުމުރުން 23 އަހަރުގެ އަންހެނެއް ގެ ވާހަކައެވެ. އެންމެ ފުރަތަމަ މި އަންހެން މީހާ ހައިޟު ހުއްޓުމުން ބަނޑުބޮޑު ތޯ ބެލުމަށް ޓެސްޓު ހެދުނެވެ. އެހެން ނަމަވެސް ޓެސްޓުން ދެއްކީ ނައްސި ގޮތުގައެވެ.

Ads by Sosun Fihaara

މިހެން ދުވަސްތަކެއް ވޭތު ކުރީ ޑޮކްޓަރަށް ނުދައްކާ ބޭސް ގަނެގެން ކައިގެންނެވެ. އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް އޭނަގެ ބަނޑު ހަރުވެ މަޑު މަޑުން ބޮޑު ވަމުން ދިޔައެވެ، އެންމެ ފުރަތަމަ އެއީ އޭނާ ފަލަވުމުގެ ސަބަބުން އަންނަން ފެށި ބަދަލު ތަކެއް ކަމަށް ހީކޮށް ޖިމަށް ގޮސް ކަސްރަތު ވެސް ކުރިއެވެ.

އެހެން ނަމަވެސް މީހާ އެއްކޮށް ފަލަވުމުގެ ބަދަލުގައި ބޮޑުވާން ފެށީ ބަނޑެވެ. ނުދަންނަ މީހަކު ބަލާލާފައި އެއީ މާބަނޑު އަންހެނެކޭ ބުނާ ވަރަށް ބަނޑު މިހާރު ބޮޑެވެ. އެހެން ނަމަވެސް ހަމަ އެއްވެސް ވަރަކަށް އެއީ މާބޮޑު ކަމެކޭ ހީނުކޮށް މި އަންހެން މީހާ ދިޔައީ ބަނޑު ހިންދުމަށް ކަސްރަތު ކުރަމުންނެވެ.

މިގޮތަށް އެއް އަހަރު ފާއިތު ވެއްޖެއެވެ. މިހާރު ބަނޑު ހީވަނީ ހަމަ ދެންމެ ދެންމެ ވިހާފާނެ އަންހެނެއްގެ ބަނޑު ހެންނެވެ. މިހާރު ކަންބޮޑުވާ ހިސާބަށް މިކަން ގޮސްފައި ވާކަމަށް އޭނާ އަމިއްލައަށް ވެސް ގަބޫލު ކުރެއެވެ. ޑޮކްޓަރަށް ދިއުމުގެ ކުރިން އަނެއްކާ ވެސް ބަނޑުބޮޑުތޯ ގޭގައި ޓެސްޓެއް ހެދިއެވެ. އެހެންނަމަވެސް ނަތީޖާ ހަމަ ނައްސި އެވެ.

ކަންތައް މިހެން ވާން ފެށުމާއެކު މި އަންހެން މީހާ މިހާރު ވަރަށް ވަރުބަލިވެއެވެ. ދެ ފަހަރެއްގެ މަތިން ހޭވެރިކަން ނެތި ވަނީ ވެއްޓިފައެވެ. އެހިސާބުން ޑޮކްޓަރުންނަށް ދެއްކުމަށް މަސައްކަތް ފެށިއްޖެއެވެ. އެހެން ނަމަވެސް ޑޮކްޓަރުން ބުނަނީ އެއީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

ދެން ބޭނުންވީ ސްކޭން ކުރާށެވެ، ބަނޑުގެ އެތެރެ ފެނުމާއެކު ޑޮކްޓަރުގެ މޫނުމަތިން ފެނިގެން ދިޔައީ ބިރުވެރި ކަމާއި ހާސްކަމެވެ، މީހާގެ ބަނޑަށް މިހާރު 2 އަހަރު ވެފައިވާއިރު މީހާއަށް ވުރެ ބަނޑު ބޮޑެވެ. އަދި ހައިރާންވާންވީ ކަމަކީ ބަނޑު އޮތީ ހުސްކޮށް ކަމެވެ. އެހިސާބުން ހެދީ ސީޓީ ސްކޭނެކެވެ.

ސީޓީ ސްކޭން

ސީޓީ ސްކޭން ހެދި ހެދުމުގެ ތެރޭގައި އެނގިގެން ދިޔައީ އެއީ "އޯވަރީ ސިސްޓެއް" ކަމެވެ، އަދި އެ އަންހެން މީހާގެ ފުރާނަ ވަނީ ވަރަށް ބޮޑަށް ނުރައްކަލަކަށް ހުށަހެޅިފައި ކަމަށެވެ. ޑޮކްޓަރުންގެ ބުރަ އަދި އެހާމެ މަސައްކަތުން މިހާރު އެ އަންހެންމީހާގެ ރަހިމުގައިވާ ސިސްޓު ނެގިއްޖެއެވެ. އެއްކޮށް ރަނގަޅު ނުވި ނަމަވެސް މިހާރު އެ އަންހެން މީހާ ވަނީ ނުރައްކަލުން ބޭރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!