ޕީއެސްއައިޕީ މަޝްރޫއުތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފި

ސަރުކާރުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 3,450.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހަރަދުތައް ކޮށްފައިވާ ދާއިރާތަކަށް ބަލާއިރު ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން ވަނީ 934.1 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 20.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މީގެ އިތުރުން ބަނދަރުގެ އެކި މަޝްރޫއުތަކާ އެއަރޕޯޓްގެ އެކި މަޝްރޫއުތަކާއި
ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް ހަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 98.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 20.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 108.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ފެނާ ނަރުދަމާގެ އެކި މަޝްރޫއުތަކަށް 292.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ދައުލަތުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޓްރާންސްޕޯޓްގެ މަޝްރޫއުތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.