ލައިފްސްޓައިލް

ހަންގަނޑު ރީތިކޮށް ބަހައްޓަން ބޭނުންނަމަ މިކަންކަން ހުއްޓާލާ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. ހަމަ އެހެންމެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި އެތައް މަސައްކަތެއް ކުރެއެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ ސިނގިރޭޓާއި އެފަދަ ގިނަ އަދަދެއްގެ ވިހަ އެކުލެވޭ ބުއިންތަކުގެ ސަބަބުން ހަންގަނޑަށް ނޭދެވޭ އަސަރު ކުރާކަމެވެ.

އެހެންކަމުން ސިނގިރޭޓު ބުއިމަކީ ހަންގަނޑު ރީއްޗަށް ބެހެއްޓުމަށް ވަރަށް ބޮޑު ހުރަހަކަށް ވެފައިވާ ކަމެކެވެ. އޭގައި އެކުލެވޭ ގިނަ އަދަދެއްގެ ވިހަ މާއްދާތަކުގެ ސަބަބުން ތިމާގެ ހަންގަނޑަަށް ނޭދެވޭ ވަރަށް ގިނަ އަސަރުތަކެއް ކުރެއެވެ. އެހެންކަމުން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ސިނގިރޭޓާ ދުރުވުން ވަރަށް މުހިންމެވެ.

އަދި ހަމަ އެހެންމެ މާބޮޑަށް ކަންކަމާ ވިސްނުމަކީ ވެސް ތިމާގެ ހަންގަނޑަށް ނޭދެވޭ އެތަކެއް އަސަރުތަކެއް ކުރާ ކަމެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންގެ ތެރޭގައި ދިމާވާ މައިގަނޑު އެއް ސަބަބަކީ، ވަޒީފާއަށް ގޮސް ވަޒީފާއިން ދިމާވާ އެކި ކަހަލަ މައްސަލަ ތަކާއި ދޭތެރޭ މާބޮޑަށް ވިސްނެނީއެވެ. އަދި އެފަދަ ކަންކަމާ މާ ބޮޑަށް ވިސްނުމުގެ ސަބަބުން ގެއަށް އައުމަށް ފަހުގައި ވެސް އެފަދަ ކަންކަމާއި ދޭތެރޭ މާބޮޑަށް ވިސްނެނީއެވެ.

އޮފީހާއި ތިމާ ދިރިއުޅޭ އަމިއްލަ ދިރިއުޅުން އަބަދު ވެސް ވަކިކޮށްފައި ބަހައްޓަން އާދަކުރާށެވެ. އެހެންކަމުގެ ސަބަބުން އޮފީސް ތެރޭގައި މަސައްކަތްތައް ނިންމާލުމަށްފަހު އެކަމާ މާބޮޑަށް ވިސްނުމަށް ފުރުސަތު ނުދީ ތިމާގެ އަމިއްލަ ބޯ ހަމަޖައްސާލުމަށް ޓަކައި ވަގުތު ހޭދަކުރަން ފުރުސަތު ލިބޭނެއެވެ. އަދި ތިމާގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެކި ކަހަލަ ޓްރީޓްމެންޓުތައް ނެގުމަށް ވެސް ތިމާގެ އަމިއްލަ ދިރިއުޅުމުން ވަގުތު ހުސްކުރާށެވެ.

ގިނަ މީހުންނަށް ނޭނގުނު ނަމަވެސް ސިނގިރޭޓު ބުއިމާއި ކަންކަމާ މާބޮޑަށް ވިސްނުމަކީ ތިމާގެ ހަންގަނޑަށް ވެސް ގިނަ ގެއްލުންތަކެއް ކުރިމަތިވާ ނޭދެވޭ ކަމެކެވެ. މިފަދަ ކަންކަމާ ދޭތެރޭ ވިސްނާލުން ވަރަށް މުހިންމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!