ލައިފްސްޓައިލް

ކާބަފައިން ކޮށްފައިހުރި ފާފަތައް ފުހެލަންކަމަށްބުނެ، އިންޑިއާގެ އަވަށެއްގައި ގަޔަށް ގެރިގުއި އުކައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ގުމާޓަޕޫރާގެ ޓަމިލްނާޑޫގެ ރައްޔިތުންތަކެއް ފަކުރުން ފުރިގެންވާ ކަމެއް ކޮށްފިއެވެ.

Ads by Sosun Fihaara

މިމަހުގެ 17 ވަނަ ދުވަހު އެއަވަށުގައި ބޭއްވި "ހަފްލާ" އެއްގައި އެއަވަށުގެ ކުދި ބޮޑު އެންމެން ވަނީ އެކަކު އަނެކަކުގެ ގަޔަށް ގެރިގުއި އުކާފައެވެ.

ރިޕޯޓުތަކުން ބުނެފައި ވަނީ މިއީ އެމީހުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ހަފްލާއެއް ކަމަށާއި މިކަމެއް އެމީހުން ކުރަނީ އެމީހުންގެ ކާބަފައިން ކޮށްފައިހުރި ފާފަތައް ފުހެލާ، ރަނގަޅު ސިއްޙަތެއް ވެސް އެމީހުންނަށް ލިބުމަށްއެދިގެން ކަމަށެވެ.

މިހަފްލާއަށްޓަކައި އެމީހުން ގާތްގަނޑަކަށް 3،000 އެއްހާ ގެރީގެ ގުއި ބޯޅަތަކެއް ފަދައިން ހަދާފައި ބެހެއްޓީ އެއްކޮށްފައެވެ. އަދި ފަހުން އެބޯޅަތައް އެކަކު އަނެކަކުގެ ގަޔަށް އުކާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެއަވަށުގެ މީހުން މިފަދައިން ގެރިގުއި އުކާތާ މިހާރު 30 އަށްވުރެ ގިނަ އަހަރު ވެފައިވާ ކަމަށާއި، އެމީހުން ޤަބޫލު ކުރާގޮތުގައި "ކާބަފައިން ކޮށްފައިހުރި ފާފަތައް އެމީހުންގެ ލޭގައި" ދައުރުވާނެއެވެ. އެހެންކަމުން ގެރިގުއި އުކުމުން، ގައިގާ އެޖެހިއްޖެނަމަ ވަގުތުން ލޭ ސާފުވާނެ ކަމަށް ވެސް އެއަވަށުގެ ހޭނުޖެހޭ މީހުން ވަނީ ޤަބޫލު ކޮށްފައެވެ.

ކޮންމެ ދިވާލީ އަކަށްފަހު އެއަވަށު މީހުން މިމުޑުދާރު ހަފްލާ ބާއްވާ ކަމަށާއި، މިހަފްލާ ބޭއްވުމަށްފަހު "ރީތިކޮށް ފެންވަރާ" ކަމަށް ވެސް ވަނީ ބުނެފައެވެ.

 

Ads by Allied Insurance
  1. މޯދިރީީ

    ގެެރީގެެ ގޮރުބޮއިި ގެރިި އަށްް އަޅުކަންް ކުރާބަޔަކުު ގެރިގޫޫ ގަޔަށްް އުކުމަކުންް އެއިި އަޖަައިބުު ވާންވީީ ކަމެއްް ނޫންް
    ނަމަވެސްް އެމީހުންގެެ ވިސްނުންް އެހުންނަނީީ ކޮރަކަލިި ވިސްނުންް ހެެ ހެ