ޚަބަރު

ރިސޯޓުތަކުގައި ކޮވިޑް-19 ޖެހިފައިވާ 155 މުވައްޒަފުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ރިސޯޓެއްގައި މުވައްޒަފުންތަަކެއް މަސައްކަތް ކުރަމުންދާ މަންޒަރު/ ފޮޓޯ: އަވަސް

ރާއްޖޭގެ 30 ރިސޯޓެއްގައި ކޮވިޑަށް ފައްސިވެފައިވާ ޖުމްލަ 207 މީހުން އެބަތިބި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރިސޯޓުތަކުގައި މަސައްކަތްކުރާ 155 މުވައްޒަފުންނާއި 52 ފަތުރުވެރިން މިވަގުތު އަންނަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންނެވެ.

ނަމަވެސް ފަތުރުވެރިންނާއި މުވައްޒަފުން ފައްސިވެފައި ވަނީ ކޮން ރިސޯޓުތަކަކުން ކަމެއް އެޗްޕީއޭއިން ހާމަ ކޮށްފައެއްނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހަށް ރާއްޖެ އައި 59,105 ފަތުރުވެރިންގެ ތެރެއިން ކޮވިޑަށް ފައްސިވެފައިވަނީ 0.25 އިންސައްތަ ފަތުރުވެރިންނެވެ. މި ވަގުތު އޭގެ ތެރެއިން ފަރުވާ ހޯދަމުން ދަނީ 0.7 އިންސައްތަ ފަތުރުވެރިންނެވެ.

މިހާތަނަށް ރާއްޖެއިން 12،546 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 11،497 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު 997 މީހުން ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ އިރު، 80 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!