ޚަބަރު

މަލީހު އެމްޑީޕީއަށް: އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތް ކަމަށް މިއަދު އެމްޑީޕީ ޕީޖީން ފާސްކުރުމާ ގުޅިގެން އެމްޑީޕީއަށް މަލީހު ރައްދެއް ދެއްވައިފިއެވެ.

Ads by STELCO

އެމްޑީޕީ ޕީޖީން މަލީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރެއްވީތީ އުފާކުރައްވާ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވައި މަލީހު ވިދާޅުވީ "އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު" ކަމަށެވެ.

މަލީހު ވިދާޅުވީ އެމްޑީޕީން އެ ފާސްކުރީ ގާނޫނު އަސާސީގެ މާއްދާ 27 އަށް އިތުބާރު ނެތް ކަމަށެވެ.

"ތިޔައީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް" މަލީހު ވިދާޅުވިއެވެ.

މަލީހު ވަނީ އެމްޑީޕީން އިތުބާރު ނެތް ކަމަށް އެމްޑީޕީން ނިންމަން އުޅެނީ އޭނާ ވީޓީވީގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. މަލީހު ވިދާޅުވީ މަޖިލިސް މެންބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ނޭނގޭނެ ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ މަލީހު އަށް ރައްދު ދީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

 

 

  1. ގުލޭ ނ

    އެކުރީ ހަމަ ރަނގަޅަށް ކަލޯ