ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި ޤުރުއާނުގެ އާޔަތްތަކާއި މާނަ ނުކިޔުމަށް ނަޝީދު އެދިވަޑައިގެންފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވާއިރު ކީރިތި ޤުރުއާނުގެ އާޔަތްތަކާއި މާނަ ނުކިޔުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ނަޝީދު ވަނީ އެކަން ހުއްޓުވާފައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ އޭނާ އަކީ ޤުރުއާން ހިތުދަސް ބޭފުޅެއް ނޫން ކަމަށެވެ. އަދި މަޖިލީހުގައި ދެން ތިއްބެވީ ވެސް ގުރްއާން ހިތުދަސް ޝައިހުން ނޫން ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ގުރްއާން ވިދާޅުވެ މާނަ ވިދާޅުވުމުން އޭގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

""އަޅުގަނޑު ޤުރުއާން ހިތުދަހެއް ނޫން. އެހެންވީމާ އަޅުގަނޑު މިތަނުގައި ރިޔާސަތުގައި އިނދެ، އިއްޒަތްތެރި މެމްބަރުން ޤުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ދާއިރުގައި، އަޅުގަނޑަށް އޭގެ ކަށަވަރުކަން ސައްޙަ ކުރެވޭނެ ގޮތެއް ނޯވޭ. އަޅުގަނޑު ރިޔާސަތުގައި އިނދެ އަޅުގަޑަށް ކަށަވަރު ކޮށްދެވޭކަށް ނޯވޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މެންބަރުން އެމަޤާމަށް ވާހަކަ ދެއްކުވުމުން އެމަނިކުފާނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވާއިރު ގުރްއާނާއި އޭގެ މާނަ ވިދާޅު ނުވުން ކަމަށެވެ.

Ads by Ooredoo
  1. އަޙްމަދު ނަޝީދު

    ވަރަށް ރަނގަޅުނ ނިންމެވުމެއް. ވަރަށް ވިސްނުންތެރި ނިންމެވުމެއް

    • ޤާނޫނާ ޚިލާފު.

      ޤާނޫނާ ޚިލާފު ނިންމުމެއް. އޭނާއަށް ނޭނގެންޏާ ޤުރުއާން ތަރުޖަމާ ކައިރީގައި ބޭއްވޭނެ. މޯޑީ ހިނދީބަހުން ދެއްކި އިސްލާމް ދީނާ ޚިލާފު ވާހަކައާއި ޖާބިރު އިޓަލީބަހުން ގޮވި ގޯސް އަންނިއަށް އެނގޭބާ. ؟ ޝައިތޯނެއްވީމާ ހަމަ ޤުރުއާނުގެ އަޑުން އުނދަގޫވަނީ ދޯ؟

  2. ޖާހިލް

    ބުނަންނުކެރެނީީ ކީއްވ؟ ޤުރްްޢާނ އަޑުއިވުނީމ އުނދަގ ވަނީ އ.

  3. ލޮލް

    މެންބަރުން ދެން ކިޔާ ހުރިހާ އެއްޗެއް ހިތުދަސް ދޯ ނަޝީދު،

    • އެނގޭތަ

      މިވަރުންވެސް ވިސްނާ ފިކުރު ކުރާ ބަޔަކައް ވިސްނެން އެބަޖެހޭ މިވާން އުޅޭގޮތް……

    • ޝިހާމްބެ

      މަނިކުފާނު ގުރުއާން ކިޔަވަން ފަށަން ވީނުންތޯ. ނުވޭތޯ؟
      އެހެންނޫނީ މަނިކުފާނު ތިފަދަ މަގާމަކަށް ކުފޫ ހަމައެއްނުވެ.
      މީގެންވެސް ދޭހަ ކޮށްދެނީ ކީރިތި ގުރުއާން އުނގެނި ދަސްކުރުމުގެ މުހިއްމު ކަން.
      މުސްލިމުން އުޅޭ ގައުމެއްގަ ތިފަދަ މަގާމެއްގަ ހުރެ ގުރުއާނުން ދަލީލު ދެއްކުން މަނާކުރީމަ މަނިކުފާނުގެ ނުކުޅެދުންތެރިކަން ނޫންކަމެއް ދޭހައެއް ނުވެ.

  4. މުހައްމަދު

    ނަޝީދު ކައިރީ އަހަާލަ ބަލަ މުޞްޙަފް ބަލައިގެން ކިޔަސް އޯކޭތޯ!

  5. ޜުހް

    ނަޝީދުު އަށ އިގޭނެ ޤުރުއާންް ކިޔަވަންނ، އޭނާާ ެ އެބުނީި ރަނގަޅުވާހަކައެއްް.މާނައިގޭޭ މީހުންކައިރީީ ކިޔަވީމަަ އެބުނާވާހަކައެއްގެެ ސައްހަކަންް އިގޭނީީ.

    • މުޙަންމަދު

      ޤުރުއާނުގެ އާޔަތް ކިޔަވާފަ އޭގެ މާނަ ބުނެދިނީމަވެސް އެ ބުނާ އެއްޗެއް ދޭހަ ނުވާ ގަމާރުންތޯ އެ މަޖިލިހުގަ އެ ތިބެނީ!

    • މަރިޔަނބު

      ސޫރަތުގ ނަމާއ އާޔަތ ނަމްބަރ ބުނާނީނުން

  6. ޏަން

    މީ ދިވެހިރާއްޖެ … މިތާގަ ހަދާފަ އޮންނަނީ ގާނޫނު އަސާސީ… އެކަމަކު އެހެދި މީހުން ބުނަނީ ދިވެހި ރާއްޖޭގައި އޮންނަނީ އިސްލާމީ ޝަރީއަތޭ… އިސްލާމީ ޝަރީއަތް ފެންނަން އޮތީ ގުރުއާނާއި ރަސޫލާގެ ސިންނަތުން… އެކަމަކު މިބުނާ ގަނޫނު ހަދާ ތަނުގައި ގުރުއާނާއި އޭގެ މާނަ ކިޔެވުން މަނާ… ވަޓް ބިހޭވިޔަރ އިޒް ދިޒް…؟

  7. އިންޑިއާ އައުޓް

    މިކަމާ ސޭކު އިމްރާނާ ސޭކު އިލްޔާސާ ސޭކު މައުމޫނާ ބުނާނީ ކީކޭ؟

  8. ޢަބްދުﷲ

    އެހެންވީމަ ފަރުޟު ނަމާދު ތަކުގަ ޤުރުޢާން ކުޔުމެއް ވެސް ނެތްތާ، މައުމޫމުންނަށް އެ އާޔަތް ތައް ނޭންގޭތީ