ދުނިޔެ

ގޮނޑުދޮށުން ގެއްލުނު ވޮލެޓް ފެނުނީ 26 އަހަރު ފަހުން ހަމަ އެ ގޮނޑުދޮށުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގޮނޑުދޮށުން ވޮލެޓެއް ފަދަ އެއްޗެއް ގެއްލުމަކީ އަނބުރާ އެ ހޯދަން ނުހަނު އުނދަގޫ ކަމެކެވެ. އަދި ގިނަ ފަހަރަށް މިފަދަ އެއްޗެއް ގެއްލިއްޖެ ނަމަ އޮންނަނީ ނުފެނިފައެވެ އެހެން ނަމަވެސް އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ މީހަކަށް މިވަނީ 26 އަހަރު ކުރިން ގެއްލުނު އޭނާގެ ވޮލެޓް ފެނިފައެވެ.

Ads by Sosun Fihaara

އެ ވޮލެޓް ގެއްލުނީ ނިއު ސައުތު ވޭލްސްގެ ބީޗަކުންނެވެ. އަދި އެ ވޮލެޓް ފެނުނީ ވެސް އެ ބީޗުންނެވެ. ޕައުލް ޑޭވިސް ނަމަކަށް ކިޔާ މި މީހާ އަތުން ވޮލެޓް ގެއްލުނީ މީގެ 26 އަހަރު ކުރިންނެވެ. އެއީ 1994 ވަނަ އަހަރުގެ އައު އަހަރު ފާހަގަ ކުރަން އެތަނަށް ގޮސް އުޅުމުގެ ތެރޭގައެވެ.

މިދިޔަ ހަފްތާގެ ކުރީ ކޮޅު އެ ސްޓޭޓްގެ ރައްޔިތަކަށް މި ވޮލެޓް ވަނީ ފެނިފައެވެ. އެ ވޮލެޓްގެ ތެރޭގައި ބޭންކް ކާޑު ތަކާއި 5 ޑޮލަރު ވެސް އޮތް ކަމަށް ބޭރުގެ މީޑީއާ ތަކުން ރިޕޯޓް ކުރެއެވެ.

މި ވޮލެޓް ފެނުމުން އެމީހާ ވަނީ ފޭސްބުކްގެ ކޮމިއުނިޓީ ގްރޫޕަކަށް ވޮލެޓާއި ވޮލެޓުގައިވާ ކާޑުތަކުގެ ފޮޓޯ ޕޯސްޓު ކޮށްފައެވެ. ވޮލެޓުގެ ވެރިފަރާތް ޕައުލް އަށް ވޮލެޓް ލިބުނީ އެ ޕޯސްޓު އޭނާގެ ދެބެންގެ ދެދަރި ކުއްޖެއްގެ އަންހެނުންނަށް ފެނި އެއީ ޕައުލްކަން އޭނާއަށް ދެނެގަނެވުމުންނެވެ.

ޕައުލް ބުނީ އޭނާ ބޭނުންވަނީ އާސާރީ އެއްޗެއްގެ ގޮތުގައި އެ ވޮލެޓް އޭނާގެ ގޭގައި ފްރޭމް ކޮށްފައި ބޭއްވުމަށް ކަމަށެވެ.

  1. (ގޮނޑުދޮށަައް) ގެއްލުނު ވޮލެޓް ފެނުނީ ހަމަ އެގޮޑުދޮށުން

    • ބޯހަލާކު

      “ގޮނޑުދޮށަށް” އިނގޭތޯ! “ށ” ސުކުން. އަދިވެސް އަނގަލާތި