ޚަބަރު

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރި މައްސަލައިގައި 11 މީހަކަށް ދައުވާކުރަން އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

2017 ވަނަ އަހަރު، ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިންނަށް އެތަނުގެ މުއައްޒަފުންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

Ads by STELCO

ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިމައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 2018 ވަނަ އަހަރު ކަމަށެވެ. އެހެންނަމަވެސް މިމައްސަލަގައި ހިމެނޭ އެއްވެސް ފަރާތަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް، ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ޅ)ގެ ދަށުން، ކޮމިޝަންގެ ފަންނީ މަޝްވަރާ އާއި ލަފާގެ ދަށުން، ފުލުހުން މިމައްސަލާގެ ތަހުގީގު ވީއެންމެ އަވަހަކަށް ފުރިހަމަކޮށް ދައުވާކުރަން ފޮނުވުމުގެ އަމުރެއް، މިއަހަރުގެ އޮކްޓޫބަރު 11 ވަނަ ދުވަހު ޕިޖީިން ނެރުއްވާފައިވާ ކަމަށެވެ.މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނާއި ޕީޖީ އާއި ފުލުހުން ގުޅިގެން އެކުލަވާލީ ޓީމުން، މިހާތަނަށް 24 ފަރާތަކާއި ސުވާލުކޮށް 24 ބަޔާނެއް ނަގައި 5 ކުދިންނާއި ސުވާލު ކޮށް، މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ފަރާތްތަކެއް މިހާރު ދެނެގަނެވި ފައިވާކަމަށެވެ.

ކޮމިޝަނުން ބުނީ، ތަހުގީގު ފުރިހަމަކޮށް 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި، އަދި ޕީޖީން މައްސަލަ ބަލައިގަނެ ދައުވާ ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!