ހިޔާގެ 21 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށްފި
 
                                                    ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރަމުންދިޔަ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.
ވިލިމާލެ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރަމުން ދިޔަ 21 މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) ނޯޓިސް ދީފައި ވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ޖެންޑާ މިނިސްޓްރީން ވިދާޅުވީ، 21 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ދިން ނޯޓިސް ސިވިލް ސާވިސް ކޮމިޝްނުން މިއަދު ބާތިލްކޮށްފައިވާ ކަމަށެވެ.
ވިލިމާލެ ކުޑަކުދިންގެ ހިޔާ ހުސްކުރަން ނިންމުމާ ގުޅިގެން އެތަނުގައި ތިބި 71 މުވައްޒަފުންނަށް މިނިސްޓްރީގެ އެކި ދިމާލުގައި މަސައްކަތް ކުރަން ފުރުސަތު ވަނީ ދީފައެވެ. އޭގެ ތެރެއިން 43 މުވައްޒަފެއްގެ ވަޒީފާ މިނިސްޓްރީގެ އެކި ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ.
އެ މުވައްޒަފުން ވަކިކުރި މައްސަލާގައި އެކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ފާޅުކުރަމުންނެވެ.
 
   
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
