ޚަބަރު އިޖުތިމާޢީ

ހިޔާގެ ކުދިންތަކެއް ބިޑި އަޅުވައި އަނިޔާކުރިކަމުގެ ތުހުމަތުގައި 13 ފުލުހަކަށް ދައުވާ ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ބިޑި އަޅުވައި، އަނިޔާގެ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި 13 ފުލުހަކަށް ދައުވާ ކޮށްފިއެވެ.

Ads by Hajj Corporation

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގައި، ގަވާއިދާ ޚިލާފަށް ބިޑިއަޅުވައި، ޓޯޗަރގެ ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފައިވާކަމަށެވެ.

ޝަމީމް ވިދާޅުވީ އެ ކުދިންނަކީ ދައުލަތުން ޚާއްޞަ ޙިމާޔަތެއް ދޭންޖެހޭ ބައެއް ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރި 13 ފުލުހުންނަކީ ފާތިމަތު ޝިރުފާ (ސާވިސް ނަންބަރު 5156)، އަފްސާނާ އަބްދުލްވައްހާބު (ސާވިސް ނަންބަރު 3714)، އައިޝަތު އަމްސޫދާ (ސާވިސް ނަންބަރު 3369)، އާދިލް އަލީ (ސާވިސް ނަންބަރު 2763)، އިކުލީލު ޖަވާދު (ސާވިސް ނަންބަރު 4141)، ޝަނާޒު އަހްމަދު (ސާވިސް ނަންބަރު 1864)، ހަސަން ނާފިއު (ސާވިސް ނަންބަރު 4442)، އާދަމް ނަސީމް (ސާވިސް ނަންބަރު 2083)، ސާމް އުމަރު (ސާވިސް ނަންބަރު 2590)، އަހްމަދު މަމްނޫން އަލީ (ސާވިސް ނަންބަރު 3594)، އިސްމާއިލް ރަފީއު (ސާވިސް ނަންބަރު 1676)، ހަސަން ރިލްވާން (ސާވިސް ނަންބަރު 1908)، އަދި އަބްދުލްބާރީ އަހްމަދު (ސާވިސް ނަންބަރު 3600)އެވެ.

މި މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވެސް ހިމެނެއެވެ.

Ads by Ooredoo
  1. ބަސީރު

    ބަސީރު ގާތު އަހާލަބަލަ ފެއަމަންޓް ސިއްރުފެންފުށީގައި 10 އޭޕްރިލް 2021، 27 ޖޫން 2021 އަދި 25 އޮގަސްޓް 2021 ގައި ސ.މީދޫ އަންހެން ކުދިންތަކެއް ގެނެސްގެން ކުރީ ކޮންކަމެއްތޯ؟ ބަސީރު ހުންނަ ކޮންމެ ރޫމެއްގެ މިނީބަރ އިން މަދުވަނި ޒަމްޒަމްފެން ތޯ؟