ލައިފްސްޓައިލް

ކިތަންމެ ވަރަކަށް ކެޔަސް ފަލަ ނުވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައްޓެހިން ތެރޭގައި ނުވަތަ އާއިލާގެ ތެރޭގައި ވިޔަސް ކިތަންމެ ވަރަކަށް ކެޔަސް ފަލަ ނުވާ މީހަކު އުޅޭ ހެއްޔެވެ؟ މިއީ ވަރަށް ގިނައިން މީހުން ދައްކާ ވާހަކަ ވާހަކައެކެވެ. ކިތަންމެ ގިނައަކުން ކެއި ކަމުގައި ވިޔަސް ފަލަ ނުވާ ވާހަކައެވެ. އެހެން ނަމަވެސް މިހެންވާން ދިމާވަނީ ކޮން ސަބަބަކާހުރެ ތޯ ބަލާލަން ބޭނުންވަނީ މަދު މީހެކެވެ.

Ads by MWSC

ތިޔަހާ ގިނައިން ކާއިރުގައި ވެސް ފަލަ ނުވާ ސަބަބަކީ ކޮބައިކަން ބަލާލަމާ ހިނގާށެވެ.

ކިތަންމެ ވަރަކަށް ކެޔަސް ފަލަނުވާ ސަބަބެއް ކަމަށް ގިނަ ސިއްހީ މާހިރުން ވިދާޅުވަނީ "މެޓަބޮލިޒަމް" ރޭޓް މަތިވުމެވެ. މެޓަބޮލިޒަމް ރޭޓަކީ ކޮބައި ބާވައެވެ. މެޓަބޮލިޒަމް ރޭޓަކީ އަރާމު ކުރާއިރު އިންސާނާގެ ހަށިގަނޑުން ހަކަތަ ބޭރުވާ މިންވަރެވެ.

އެއްވެސް މަސައްކަތެއް ނުކޮށް އަރާމު ކުރާ ވަގުތުތަކުގައި ވެސް ނޭވާ ލުމާއި ހިތުގެ ތެޅުމާއި ސިކުނޑި މަސައްކަތް ކުރުން ފަދަ ކަންކަމަކީ އެކަންކަމަށް އިންސާނާގެ ހަށިގަނޑުން ހަކަތަ ހޭދަވާ ކަންކަމެވެ. އެގޮތުން މެޓަބޮލިޒަމް ރޭޓު މަތީ މީހުންގެ ހަށިގަނޑުން ހަކަތަ ބޭރުވާ މިންވަރު މެޓަބޮލިޒަމް ރޭޓު ދަށް މީހުންގެ ހަށިގަނޑުން ހަކަތަ ބޭރުވާ މިންވަރާ އަޅާބަލާއިރު ދަށް ވާނެއެވެ.

މިކަމުގެ ސަބަބުން ކިތަންމެ ވަރަކަށް ކެއި ނަމަވެސް ފަލަވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މާ ބޮޑަށް ހިކިކޮށް ހުރުމަކީ ވެސް ސިއްހަތަށް ނުރައްކާތެރި ކަމެކެވެ. އެހެންކަމުން، މެޓަބޮލިޒަމް ރޭޓު މަތީ މީހުންނަށް ވެސް ފަލަވުމަށް ޓަކައި މަސައްކަތްތަކެއް ކުރެވިދާނެއެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި ގަވައިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ކަސްރަތު ކުރުމަކީ ހިކިކޮށް ހުރި ނަމަވެސް ދުޅަހެޔޮކަން މަތީ ހުރުމަށް މަގުފަހި ވެގެންދާނެ ކަމެކެވެ. އަދި މާބޮޑަށް ހިކިވުމުން ޖެހޭ ތަފާތު ބަލިތަކުން ވެެސް ރައްކާތެރި ކޮށްދޭ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!