ބަނގުރާ ގެންގުޅުމުގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަނީ

ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މި އަމުރާ ގުޅިގެން ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިފައި ވަނީ، ށ. ފޭދޫ، ޗޭނުގެ، ސަޢީދު ޙަސަން (47އ) އެވެ.
ސަޢީދު ޙަސަން ހޯދަމުން ދަނީ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ބަލަމުންދާ ޑައިމޯފިނުން މުޢާމަލާތް ކުރުމާއި ބަނގުރާ ގެންގުޅުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 ޑިސްމްބަރު 02 ވަނަ ދުވަހުގެ 10:30 އަށް ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ވީމާ، ސަޢީދު ޙަސަނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.